މެންބަރުން ހަމަނުވާތީ އެމްއާރުއެމް، ޑީއާރުޕީ، އެމްޓީޑީ އުވާލަން ނޯޓިސް ދީފި

(ކ-ވ) އެމްޓީޑީގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް: -- ފޮޓޯ: ފައި

(ކ-ވ) އެމްޓީޑީގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް: -- ފޮޓޯ: ފައި

މި މަހުގެ 14 ވަނަ ދުވަހަށް، ރާއްޖޭގައި ހިންގަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ހުރިހާ ޕާޓީއެއް އުވާލަން އިލްކެޝަންސް ކޮމިޝަން(އީސީ)އިން އެ ޕާޓީތަކަށް ނޯޓިސް ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެކި ސަބަބުތަކާ ގުޅިގެން މިވަގުތު 3000 މެންބަރުން ހަމަނުވާ ތިން ޕާޓީއަކަށް ނޯޓިސް ފޮނުވާފަ އެވެ. އެ ޕާޓީތަކަށް ދިން ތިން މަހުގެ މުއްދަތު ހަމަވުމުން، މި މަހުގެ 14 ވަނަ ދުވަހު މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާނެ ކަމަށް އީސީން ބުނެ އެވެ.

ނޯޓިސް ދިން ފޮނުވި ޕާޓީތަކާއި ތިބި މެންބަރުންގެ އަދަދު

  • ރައީސް މައުމޫންގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) - 2303
  • އަހުމަދު އަދީބްގެ މޯލްޑީވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) - 2489
  • ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)- 2725
  • ޖާބިރުގެ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) - 2280

މި ޕާޓީތަކަށް އީސީން ނޯޓިސް ފޮނުވާފައިވާއިރު، މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އެ ޕާޓީތަކުން އަންނަނީ ކުރަމުންނެވެ.

އީސީގެ ނޯޓިހާ ގުޅިގެން އެމްއާރްއެމްއިން ވަނީ އެ ޕާޓީން އީސީއަށް 3000 މެންބަރުން ހަމަ ކުރުމަށް މީގެ ތިން މަސް ކުރިން ފޯމު ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މެންބަރުން ހަމަ ނުވާ ކަމަށް ދައްކަނީ އީސީން ފޯމުތައް ޕްރޮސެސްކުރުމަށް ލަސްވާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތަކަކީ، އެ ކޮމިޝަނަށް ހުށަހެޅިތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ފޯމުތަކެއްކަން ވެސް ފާހަގަ ކުރަމުން، ފޯމުތައް ޕްރޮސެސް ކުރުމަށް އެ ޕާޓީން ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox