އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، އަނިޔާވި 21 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 03:10 ގައި ކަމަށް މިއަދު ހެނދުނު ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގައި އަނިޔާވި ޒުވާނާއަށް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެނިކޮށެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް ފޭދޫގައި މާރާމާރީއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. ފުލުހުން ބުނީ އެ މާރާމާރީގައި އުމުރުން 19 އަހަރުގެ ޒުވާނަކަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަނިޔާވި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު, މާލެ ގެނެސް މިހާރު އަންނަނީ ފަރުވާދެމުންނެވެ.
މި މާރާމާރީތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނިއިރު، އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވެ އެވެ.














