މިހާރު ނޫހުގެ އޮފީހަށް ބަޔަކު ވަދެ ބިރުދެއްކި މައްސަަލައެއް ފުލުހަށް ހުށަހަޅައިފި

މިހާރު ނޫހުގެ ނޫސްވެރިންނާއި އެޑިޓަރުން ބައްދަލުވުމެއްގައި ބައިވެރިވަނީ. އެ ނޫހުގެ އިދާރާއަށް ބަޔަކު ވަދެ ބިރުދެއްކި މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައި. ފޮޓޯ: މިހާރު ނޫސް

މިހާރު ނޫހުގެ ނޫސްވެރިންނާއި އެޑިޓަރުން ބައްދަލުވުމެއްގައި ބައިވެރިވަނީ. އެ ނޫހުގެ އިދާރާއަށް ބަޔަކު ވަދެ ބިރުދެއްކި މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައި. ފޮޓޯ: މިހާރު ނޫސް

މިހާރު ނޫހުގެ އޮފީހަށް ބަޔަކު ވަދެ ބިރުދެއްކުމުގެ އަމަލެއް ދާދިފަހުން ހިންގާފައިވާ ކަމަށާއި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެ ނޫހުން މިއަދު ބުނެފި އެވެ.

"މިހާރު" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނޫހުގެ މުވައްޒަފުންނަށް ނުރައްކާ ކުރިމަތިވީ އެ ނޫހާއި ނޫހުގެ ނޫސްވެރިންނާ ބެހޭ ގޮތުން ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްގެ ސަބަބުން ކަމަށާއި ނުރައްކާތަކުގެ އެކި ހާލަތްތައް ބަޔާންކޮށް ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައީ މިއަދު ކަމަށެވެ.

...މި ނޫހާއި މި ނޫހުގެ ބައެއް ނޫސްވެރިންގެ އަގު ވައްޓައިލަން ބަޔަކު ގަސްދުގައި ސާބިތުނުހިފޭ ވާހަކަތައް ފަތުރައި މިނޫހުގެ މުވައްޒަފުންނާ ބުލީކުރާކަން ހިތާމައާ އެކު ފާހަގަކުރަމެވެ. އެކަންކަމުގެ ސަބަބުން ދިމާވާ ފުރައްސާރައާއި ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ،" މިހާރުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

މިހާރު ނޫހުގެ ބަޔާނުގައި ބުނި ގޮތުގައި އެ ނޫހުގައި ލިޔާ އާޓިކަލްތައް، އޭގެ ހަގީގަތް އޮޅުވާލައިގެން، ސުވާލު އުފެދޭ ގޮތަށް ސޯޝަލް މީޑިއާ ޕޯސްޓްތައް ހަދައިގެން، އެ ނޫހާއި ނޫސްވެރިންނާ މެދު ނަފުރަތު އުފައްދަން ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ އެ ނޫހުގެ އަގުވައްޓައިލަން ދުރާލާ ރާވައިގެން ހިންގާ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ކަންކަމާ ގުޅިގެން މީގެ ކުރިން ފިޔަވަޅު އަޅާފައި ނުވިޔަސް، ނޫސްވެރިޔަކާ ބެހޭ ގޮތުން ސާބިތުނުހިފޭ ވާހަކައެެއް ދައްކައިފި ނަމަ ގާނޫނީ ފިޔަވަޅުތައް މީގެ ފަހުން އަޅާނެ ކަމުގެ އިންޒާރު ވެސް މިހާރުން މިއަދު ދިނެވެ.

"...ދިވެހިރާއްޖޭގެ ގާނޫނުތަކުގެ އިމުގެ ތެރޭގައި ފާޑުކިއުމާއި ކޮމެންޓްކުރުމަކީ މި ނޫހުން އަބަދުވެސް ތާއީދުކުރާނެ އަދި ހިތްވަރު ވެސް ދޭނެ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

މިހާރު ނޫހުގެ ބަޔާން ނިންމައިލަމުން ބުނީ އެ ނޫހުގެ މުވައްޒަފުން މަސައްކަތްކުރާނީ ރާއްޖޭގެ ގާނޫނުތަކާއި ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސްގެ ތެރޭގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox