ސާބާ ކޮލިފައިންގެ ކުރިން ޒުވާން ބާސްކެޓް ޓީމަށް ރަނގަޅު ތަޖުރިބާތަކެއް

Jun 1, 2022, 4:57 AM
ކަލްކަތާގައި ކުޅުނު ޕްރެކްޓިސް މެޗަކަށް ފަހު ޒުވާން ބާސްކެޓް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އިދިކޮޅު ޓީމާ އެކު ފޮޓޯ އަކަށް ހުއްޓިގެން.

ކަލްކަތާގައި ކުޅުނު ޕްރެކްޓިސް މެޗަކަށް ފަހު ޒުވާން ބާސްކެޓް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އިދިކޮޅު ޓީމާ އެކު ފޮޓޯ އަކަށް ހުއްޓިގެން.

އިންޑިއާގެ އޮޑިޝާގައި މި މަހުގެ 1-5 އަށް ބާއްވާ ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިންގެ ކުރިން އިންޑީއާގެ ކޮލްކަތާގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެ ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމުން ރަނގަޅު ތަޖުރިބާތަކެއް ހޯދައިފި އެވެ.

ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ބާސްކެޓްބޯޅަ ޓީމް ވާދަކުރާ ސަރަހައްދީ ކޮލިފައިންގައި ދެން ވާދަކުރާނީ އިންޑިއާ އަދި ބަންގްލަދޭޝް އެވެ. ނޭޕާލް ކުރިން ވާދަކުރާ ގޮތަށް އޮތް ނަމަވެސް ފަހު ވަގުތު އެ ގައުމުން ވާދަ ނުކުރަން ނިންމީ އެވެ.

އިންޑިއާގެ އޮޑިސާ އަށް ދިޔުމުގެ ކުރިން ރާއްޖޭގެ ޓީމު ވަނީ ކޮލްކަތާގައި ހަތަރު ދުވަހު މަޑުކޮށް އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެވެ. އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ކުޅުނީ ވެސްޓް ބެންގާލް ޚަލްސާ ބްލޫސް އާ ދެކޮޅަށެވެ. ކަލްކަތާގެ ޔުނިވާސީޓީގެ 18 އަހަރުން ދަށުގެ ޓީމާ ވާދަކޮށް ރާއްޖެ ބަލިވީ 56-66 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާގައި ދިވެހި ޓީމްގެ ކުޅުން ފެނުނީ ދަށްކޮށެވެ. މިގޮތުން ފުރަތަމަ ކުއާޓާ 4-15 ރާއްޖެ ފަހަތުގައި އޮވެ ނިމުނު ނަމަވެސް ފަހު ތިން ކުއާޓާގައި ދިވެހި ޓީމުން ވަރުގަދަ ފައިޓެއް ދިނެވެ. ދެ ވަނަ ކުއާޓާގެ ސްކޯއިން 17-22 އިން ޚަލްސާ ބްލޫސް ކުރީގައި އޮތް ނަމަވެސް ތިން ވަނަ ކުއާޓާގެ ސްކޯއަށް ބަލާއިރު ދިވެހި ޓީމުން 21-15 އިން ކުރި ހޯދި އެވެ. ފަހު ކުއާޓާގައި ދެ ޓީމަށްވެސް ސްކޯ ކުރެވުނީ 14 ޕޮއިންޓެވެ.

މި މެޗަށް ފަހު ޚަލްސާ ބްލޫސްގެ ކޯޗު ބުނީ ދިވެހި ޓީމުގެ ސްޕީޑު ވަރަށް ރަނގަޅު ކަމަށާއި، ހުނަރަށް ބަލާއިރުވެސް ދިވެހި ކުޅުންތެރިން ވަރަށް މޮޅުކަމަށެވެ. ދިވެހި ޓީމުން ރަނގަޅު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ބޮކްސް ތެރޭގައި ލިބޭ ފުރުސަތުތަކުގައި ތެޅިނުފޮޅި ހަމަޖެހިލައިގެން ކުޅެ ސްކޯ ކުރުމެވެ.

ކަލްކަތާގައި ޒުވާން ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ނުކުތީ ވެސްޓް ބެންގާލް ލީގުގައި ކުޅޭ ޗަތުރަ ސެމިޓީގެ ސީނިއާ ޓީމާ ދެކޮޅަށެވެ. ވެސްޓްބެންގާލް ލީގުގެ ހަތަރު ވަނަ އެންމެ ފަހުން ހޯދި ޓީމް އަތުން ރާއްޖޭގެ ޒުވާން ޓީމް ބަލިވީ 20-91 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނު އިރު ދިވެހި ޓީމް އޮތީ ކުރީގަ އެވެ. ފުރަތަމަ ކުއާޓާގައި 19-14 އިން ރާއްޖެ ކުރީގައި އޮތްއިރު، ދެ ވަނަ ކުއާާޓާ ނިންމާލީ 41 ޕޮއިންޓް 31 ޕޮއިންޓުން ކުރީގައި އޮވެ އެވެ. ޗަތުރަ ސެމިޓީގެ ޓީމުން ތަޖުރިބާގެ ބޭނުންކޮށް ފަހު ދެ ކުއާޓާގައި ތަފާތު މޮޅު ކުޅުމެއް ދައްކައި މެޗު އަނބުރާލި އެވެ.

މި މެޗަށް ފަހު ޗަތުރަ ސެމިޓީގެ ކޯޗު ވަނީ ދިވެހި ކުޅުންތެރިން ފިޓްނަސް އާއި މަސައްކަތު ރޭޓަށް ތައުރީފުކޮށްފަ އެވެ. އަދި މީގެ އިތުރުން ކޮންމެ ކުޅުންތެރިއަކުވެސް އެއް ސްޕީޑެއްގައި ކުޅެ ވަރަށް ރަނގަޅަށް ކުޅުނުކަން ކޯޗު ފާހަގަކުރި އެވެ.

ސާބާ ކޮލިފައިންގެ މެޗުތަކަށް ދިވެހި ރާއްޖޭގެ ޓީމް މިހާރު ތިބީ އޮޑިސާގަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި މާދަމާ ރާއްޖެ ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އެއް ދުވަސް ފަހުން އިންޑިއާއާ ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox