ޔާމީންގެ ގެކޮޅުން ބެނާ ނަގަން ފުލުހުން އެދުނު ސަބަބުތައް ހައިކޯޓަށް ސާފުނުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރު ހޯދީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ފާޑުވިދާޅުވެ، އަމުރު ނަގަން އެދުނު ސަބަބު ހައިކޯޓަށް ސާފު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި މައްސަލައިގައި ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ބުރަވީ އެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނާ ހިލާފަށް، ކޯޓުން އެފަދަ އަމުރެއް ނެރެދިނުމުގައި ބަލަން ޖެހޭ ކަންކަމަށް ނުބަލާ ކަމުގަ އެވެ.

"ހައިކޯޓުގެ މި ގަޒިއްޔާގެ ނިންމުމަށް ބެލުމުން އަޅުގަނޑަށް އެނގޭ އެއް ކަމަކީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން އެދިފައިވާ ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތް ކަން،" އެ ނިންމުމަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ހައިކޯޓުގެ ގަޒިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިއްސާކުރައްވާފަ އެވެ. އަދި ފުލުހުން އަމުރު ނެރެދިނުމަށް އެދުނު ކަމަށް ހައިކޯޓުގައި ބުނާ ސަބަބުތައް ހިއްސާކުރެއްވި އެވެ.

އެ ސަބަބުތަކަށް އިޝާރާތް ކުރައްވާ ނަޝީދު ވަނީ ކްރިމިނަލް ކޯޓުގައި ފުލުހުން އެ އަމުރަށް އެދުނީ "އެންމެ ސަބަބެއްގެ މައްޗަށް ނޫން" ކަމަށާއި އެތައް ސަބަބުތަކެއްގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.

ހައިކޯޓުގެ ނިންމުމުން ފާހަގަވާ އަނެއް ކަމަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރުމުގައި، އެ ގާނޫނު އެކުލަވާލި ފަރާތުގެ ނިޔަތް ރަމްޒު ވެފައި ނުވާނަމަ، ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ފަނޑިޔާރު ޝަފީއު ވިދާޅުވީ ފަނޑިޔާރު ޝަރީއަތް ހިންގި ގޮތް އެނގޭ ވަސީލަތަކީ ކޯޓުން ނެރުނު އަމުރު އެކަނި ކަމަށް ވުމުން އަމުރުގައި ސަބަބުތައް ބަޔާން ކޮށްދޭން ޖެހޭނެ ކަމަށެވެ.

ޝަފީއުގެ ރައުޔައަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ. އެ ރައުޔައަށް ތާއީދު ކުރައްވައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ވިދާޅުވީ އެ އަމުރުގައި ނިންމުމަށް ވާސިލްވި ސަބަބެއް އަދި ހަމައެއް ފެންނަން ނެތް ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox