ޔާމީންގެ ގެކޮޅުން ބެނާ ނަގަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް: ހައި ކޯޓު

ޔާމީންގެ ގެކޮޅުން ބެނާ ނަގަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް: ހައި ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓު އަމުރު ހޯދީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ފުލުހުން މިދިޔަ މަހު ގެންދިޔައީ އެ ގެއަށް ވަދެ ބަލައިފާސްކުރުމުގެ އަމުރެއް ހިފައިގެންނެވެ. ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރު ބާތިލްކޮށްދޭން ހައިކޯޓުގައި އިސްތިއުނާފް ކުރީ ޔާމީންގެ ފަރާތްޕުޅުންނެވެ.

އެ މައްސަލާގައި ހުކުމް ކުރަން ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ބުރަވީ އެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނާ ހިލާފަށް، ކޯޓުން އެފަދަ އަމުރެއް ނެރެދިނުމުގައި ބަލަން ޖެހޭ ކަންކަމަށް ނުބަލާ ކަމުގަ އެވެ.

"ފަނޑިޔާރު ނިންމުމަށް ވާސިލްވި ގާނޫނީ ސަބަބެއް ބަޔާންކޮށްފައެއް ނެތް، ހަމައެކަނި ފަނޑިޔާރު ގަބޫލު ކުރާ ގޮތް ކޯޓު އަމުރުގައި ލިޔެގެން ނުފެދޭނެ، ސަބަބު ސާފުކޮށްދީފައިނުވާނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ވެސް ނޫން،" ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވި އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ފަނޑިޔާރު ޝަފީއު ވިދާޅުވީ ފަނޑިޔާރު ޝަރީއަތް ހިންގި ގޮތް އެނގޭ ވަސީލަތަކީ ކޯޓުން ނެރުނު އަމުރު އެކަނި ކަމަށް ވުމުން އަމުރުގައި ސަބަބުތައް ބަޔާން ކޮށްދޭން ޖެހޭނެ ކަމަށެވެ.

ޝަފީއުގެ ރައުޔައަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ. އެ ރައުޔައަށް ތާއީދު ކުރައްވައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ވިދާޅުވީ އެ އަމުރުގައި ނިންމުމަށް ވާސިލްވި ސަބަބެއް އަދި ހަމައެއް ފެންނަން ނެތް ކަމެވެ.

އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ވެސް ފަނޑިޔާރުން ވަނީ ދައުލަތް ތަމްސީލް ކުރައްވަން ޝަރީއަތުގައި ތިއްބެވި ވަކީލުންނާއި ފުލުހުން ތަމްސީލް ކުރައްވަން ތިއްބެވި އޮފިސަރުންނަށް ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފަ އެވެ.

ފަނޑިޔާރުން އެ ދުވަހު ވެސް އަދި މިއަދުގެ އަޑުއެހުމުގައި ވެސް ވަނީ ފުލުހުން ޔާމީންގެ މައްޗަށް ކުރާ "އާންމު މަސްލަހަތު ގެއްލުވާލުމުގެ ކުށުގެ" ހެއްކަކަށް ގެކޮޅުގައި ދެމި ބެނާ ވެފައިވާ ހަމައެއް ވެސް ބުނެދެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެ ކުށަކީ އާންމު ތަނެއްގައި ކޮށްފައި އޮންނަ ކުށަކަށް ވާތީވެ ޔާމީންގެ ގެކޮޅުގައި ދެމި ބެނާއަކުން އެ ކުށަށް ފެއްތޭނެ ހަމައެއް ވެސް ނެތް ކަމަށް ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި "އިންޑިއާ އައުޓް"ގެ 50 އަކަށް ފޫޓުގެ އެ ބެނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް ނެގީ އެ ބެނާ ދެމިތާ ދުވަސްކޮޅެއް ފަހުންނެވެ.

ބެނާ ނަގައިގެން ގެންދިޔައީ އެ ކެމްޕޭން ހުއްޓުވަން މުއައްސަސާތަކަށް އަންގައި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ރިޔާސީ ގަރާރެއް ނެރުއްވި ފަހުންނެވެ. އެ ގަރާރުގެ ދަށުން ކޯޓު އަމުރު ހޯދައިގެން، މަގުމަތީގައާއި މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އޭގެ އެކި ބެނާތައް ފުލުހުން ނެގި އެވެ.

ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާއެއް ދެމުމުން ފުލުހުން ކުރާ ތުހުމަތަކީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ.) ގެ ހަވަނަ ނަންބަރުގައި ބަޔާން ކުރާ ކުށެވެ. އެ މާއްދާއަކީ އާންމު މަސްލަހަތަށް ގެއްލުންދޭން އުޅުމުގެ ކުށަށް ހާއްސަކޮށްފައިވާ މާއްދާއެކެވެ.

titledesc

ރައީސްގެ ރިޔާސީ ގަރާރުގައި ވެސް ފާހަގަ ކުރައްވާފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގަ އެވެ.

ރިޔާސީ ގަރާރު ބާތިލުކުރުން ޕީޕީއެމްއިން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox