ޒުވާން ބާސްކެޓް ޓީމު އޭޝިއާ ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިން އަށް

May 27, 2022, 9:59 AM
ޒުވާން ބާސްކެޓް ޓީމު އޭޝިއާ ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިން އަށް

އިންޑިއާގެ އޮޑިޝާގައި އަންނަ މަހުގެ 1-5 އަށް އޮންނަ ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިންގެ މެޗުތަކަށް ގައުމީ ޖޫނިއާ ބާސްކެޓްބޯޅަ ޓީމް އިންޑިއާ އަށް ފުރައިފި އެވެ.

އަށާރަ އަހަރުން ދަށުގެ ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ މި ސަރަހައްދުގެ ކޮލިފައިންގައި ވާދަކުރާނީ ދިވެހި ރާއްޖެ، އިންޑިއާ އަދި ބަންގްލަދޭޝް އެވެ. ނޭޕާލް ކުރިން ވާދަކުރާ ގޮތަށް އޮތް ނަމަވެސް ފަހު ވަގުތު އެ ގައުމުން ވާދަ ނުކުރަން ނިންމީ އެވެ.

އިންޑިއާ އިން ހޯސްޓްކުރާ މި 18 އޭޝިއަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޖޫނިއާ ޓީމުން ގއ. ވިލިނގިލީގައި ތަމްރީން ކޭމްޕެއް ފުރިހަަމަކޮށްފަ އެވެ. ޒުވާން ޓީމު ގއ.ވިލިނގިލީގައި ކޭމްޕްކޮށްފައިވަނީ މި މަހުގެ 10-18 އަށެވެ. މި ކޭމްޕުގައި 17 ކުޅުންތެރިން ބައިވެރިވި އެވެ.

Advertisement

ކޭމްޕްގައި ބައިވެރިވި 17 ކުޅުންތެރިންގެ ތެރެއިން 12 ކުޅުންތެރިންގެ ފައިނަލް ސްކޮޑު ނަގާފައިވަނީ މިދިޔަ ހަފްތާގަ އެވެ.

ބާރަ ކުޅުންތެރިންނާ އެކު މާލޭގައި ތަމްރީން ހެދުމަށް ފަހު ޓީމު މިހާރު ތިބީ އިންޑިއާގެ ކޮލްކަތާގަ އެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވީ ކަލްކަތާގައި ކުރިއަށްގެންދާ ތަމްރީން ތަކުގައި އެކުވެރިކަމުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިހާރު މިއިނީ 3 މެޗެއް ކަލްކަތާގައި ކުޅެން ރާވާފައި. ކޮލިފައިން އަށް ވަރަށް މުހިންމު މެޗުތަކަކަށްވާނެ މި ތިން މެޗު" ވިޝާމް ވިދާޅުވި އެވެ.

ކަލްކަތާ އިން މުބާރާތް ކުރިއަށްދާ އޮޑިސާ އަށް ދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ގައި ކަމަށް ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފަ އެވެ.

ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗަކަށް ހުރީ ސީނިއާ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ވެސް ނަގަމުން އަންނަ އިލްޔާސް އިބްރާހިމް (އިއްލެ) އެވެ.

ޓީމާ ބެހޭގޮތުން އިއްލެ ބުނީ ހުނަރުވެރި ކުޅުންތެރިން ޓީމްގައި ގިނަ ކަމަށާއި، ރަނގަޅު ޕާފޯމަންސެއް ދެއްކޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ކޮލްކަތާ މެޗުތަކުން އިތުރު ކުރިއެރުމެއް ޓީމަށް އަންނާނެ ކަމަށް އިއްލެ ބުންޏެވެ.

ގައުމީ ޖޫނިއާ ޓީމްގައި މިފަހަރު ތިބި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ގިނަ ކުޅުންތެރިން ވަނީ މި އަހަރުގެ ކުރީކޮޅު ނިމުނު ގައުމީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ރެޕްޓާސް ބީސީ އަށް ކުޅުނު އަހުމަދު ރައްޔާން އިބްރާހިމް (ރައްޔު) ހިމެނެ އެވެ.

ޓީމްގެ ކޯޗަކަށް އިއްލެ ހުރިއިރު، މެނޭޖަރަަކީ އަހުމަދު ގާސިމް (އަހޫ) އެވެ. އިތުރު އޮފިޝަލެއްގެ ގޮތުގައި ޓީމާއިއެކު ބައިވެރިވީ އަލީ މުރުތަލާ އެވެ.

18 އަހަރުން ދަށުގެ ގައުމީ ޖޫނިއާ ޓީމްގެ ފައިނަލް ސްކޮޑު:

ޒައިދާން އާތިފް ޝަކޫރު، އަހުމަދު ލައިލް ޝިފާން، މުހައްމަދު އައިކު ވަޖީހު، މުހައްމަދު އިޝްހާގު އަހުމަދު، އައިކް އަހުމަދު މައުރޫފު، އަހުމަދު ޝައިން ޝިމާލް، އަބަދުﷲ އަލާން އިރުފާން، އަލްދާން އައިކް ރަމީޒު، އަހުމަދު މާއިޒު ވަޖީހު، އަހުމަދު ރައްޔާން އިބްރާހިމް، މުހައްމަދު ޖިދާދު، ނަބްހާން ނާޒިމް.

މިހާރު މި އޮތް 18 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ޓީމަކީ ރާއްޖޭގެ މުސްތަގުބަލަށް ބަށްޓަން ކުރާ ޓީމެކެވެ. މިއީ ބާސްކެޓްގެ ޔޫތު ޑިވެލޮޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން ގަވާއިދުން ޓްރެއިނިން ހަދައި، ދަސްކުރަމުން އައިސް، ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގައި ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިން ހިމެނޭ ޓީމެކެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް، އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ މިއީ މި ވޭތުވެދިޔަ އަށް އަހަރަށް ބަލާއިރު، ނެގޭނެ އެންމެ ފެންވަރު ރަނގަޅު ޒުވާން ބާސްކެޓްބޯޅަ ޓީމު ކަމަށެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އަދި އަންގާރަ ދުވަހު ހަވީރު އިންޑިއާއާ ބައްދަލުކުރާނެ އެވެ. މެޗު ފަށާނީ ކޮންމެ ދުވަހަކު ވެސް ރާއްޖެ ގަޑިން ހަވީރު 17:30 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox