އިލްމް އިންސްޓިއުޓުން އިސްނައިގެން އަރަބި ބަސް ކިޔަވައިދިނުމާ ގުޅޭ ސެމިނާއެއް

އަރަބި ބަސް ކިޔަވައިދިނުމާ ގުޅޭ ސެމިނާ ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ: އިލްމް އިންސްޓިއުޓް

އަރަބި ބަސް ކިޔަވައިދިނުމާ ގުޅޭ ސެމިނާ ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ: އިލްމް އިންސްޓިއުޓް

އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން އިސްނަގައިގެން، ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭ މުވައްސަސާތަކަށް ހާއްސަކޮށްގެން، މާލޭގައި ސެމިނާއެއް މިއަދު އިސްލާމިކް މަރުކަޒުގައި ފަށައިފި އެވެ.

މި ސެމިނާ ކުރިއަށް ގެންދަނީ އިސްލާމިކް ވޯލްޑް އެޑިއުކޭޝަނަލް، ސައިންޓިފިކް، ކަލްޗަރަލް އޮގަނަޒޭޝަން (އިސެސްކޯ)ގެ އަރަބިކް ލެންގުއޭޖް ލާނިން ސެންޓަރާ ގުޅިގެންނެވެ. މި ސެމިނާ ފައްޓަވައިދެއްވީ އިސެސްކޯގެ ސެންޓަރުގެ ރައީސް ޕްރޮފެސަރ ޑރ. މަޖްދީ އިސްމާއީލެވެ.

އިލްމް އިންސްޓްޓިއުޓުން ބުނީ މި ސެމިނާގައި އަރަބި ބަސް ކިޔަވައިދިނުުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލު ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. އަދި މި ސެމިނާގެ ތެރެއިން އިސެސްކޯގެ ފަންނީ ލަފާގެ މަތީން ރާއްޖޭގައި އަރަބި ކިޔަވައިދިނުން މިހާރަށް ވުރެ ހަރުދަނާ ކުރާނެ ގޮތްތައް ދެނެގަންނާނެ ކަމަށް އިލްމް އިންސްޓްޓިއުޓް އިން ބުނެ އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސެމިނާގައި ޕްރޮގްރާމްތައް ނަންގަވައިދިނުމަށް ހަމަޖެހިފައިވަނީ އިސެސްކޯގެ ޕްރޮފެސަރުންނެވެ.

އިސްލާމިކް ސެންޓަރުގައި ފެށި މި ސެމިނާގައި ޖުމްލަ ނުވަ މުވައްސަސާއަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރާއި އިސްލާމިކް ޔުނިވާސިޓީއާއި ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި އަރަބިއްޔާ ސުކޫލާއި ގުރުއާނާ ބެހޭ މަރުކަޒާއި އެވިޑް ކޮލެޖުގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ހިމެނެ އެވެ.

މި މުއައްސަސާތަކުގެ އިސްވެރިންނާއި ފެކަލްޓީތަކުގެ ޑީނުންނާއި ޕްރިންސިޕަލުންނާއި ލެކްޗަރަރުންނާއި މުދައްރިސުންނާއި ދަރިވަރުން ހިމެނޭހެން ޖުމްލަ 30 ފަރާތަކުން ސެމިނާގައި ބައިވެރިވާނެ އެވެ.

އިސެސްކޯއަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ބައިނަލްއަގްވާމީ އޯގަނައިޒޭޝަނެކެވެ. އިސެސްކޯއިން އަންނަނީ 1979 ވަނަ އަހަރުން ފެށިގެން އިސްލާމީ ގައުމުތަކުގެ ތައުލީމާއި ސައިންސާއި ސަގާފަތާއި މުވާސަލާތީ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox