ދަތިތައް ހުއްޓަސް އަމީރު ވިދާޅުވަނީ ދަރަނީގެ ހާސްކަމެއް ނެތް ކަމަށް

އިގުތިސޯދީ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަމީރު އަދި މިނިސްޓްރީގެ އިސްބޭފުޅުން: ދަރަނި އަދާކުރުމުގައި އެއްވެސް ދައްޗެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިގުތިސޯދީ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަމީރު އަދި މިނިސްޓްރީގެ އިސްބޭފުޅުން: ދަރަނި އަދާކުރުމުގައި އެއްވެސް ދައްޗެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދިޔުމާ ގުޅިގެން ބަޖެޓަށް ފިއްތުންތަކެއް ހުރި ނަމަވެސް ދަރަނި އަދާކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމިޓީގައި އަމީރު މިހެން ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި އެއްވެސް ދަތިކަމެއް ހުރިތޯ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އަމީރު ވަނީ ދަރަނި ދެއްކުމުގެ އެއްވެސް "ރިސްކެއް" ނެތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މި ޔަގީންކަން ދެއްވާ ސަބަބެއްގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ މި އަހަރު އަދާކުރަން ޖެހޭ ދަރަނީގެ ހިރާސް ބޮޑުކަމަށް ބަލައި، ފިނޭންސް މިނިސްޓްރީން ދުރާލާ އެޅި ފިޔަވަޅުތަކެވެ.

"ފަހަތަށް ބަލާފައި މިހާތަނަށް ކުރެވުނު ރަނގަޅު ކަންތައްތައް އެންމެ އުފާވަނީ 2021 ގައި ސުކޫކް ވިއްކައިގެން ލަޔަބިލިޓީ މެނޭޖްމަންޓް އެކްސަސައިޒެއް ހިންގާފަ މާކެޓް ޕްރޯ ގޮތަކަށް އަޅުގަނޑުމެންގެ ޑެޓް ސްޓްރަކްޗާ ކޮށްފައިވާތީވެ،" އަމީރު ވިދާޅުވި އެވެ.

އަމީރު މިހެން ވިދާޅުވީ މި އަހަރު އަނބުރާ ދައްކާ ގޮތަށް 2017 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިއްކި 200 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑަށް އިޝާރާތް ކުރައްވަ އެވެ. މިއީ ދިވެހި ސަރުކާރުން ބޭރުގެ މާލީ ބާޒާރުގައި ވިއްކި ފުރަތަމަ ސޮވަރިން ބޮންޑެވެ.

ކުރިން އޮތް ގޮތުން ނަމަ މި ބޮންޑަށް އަދާކުރަން ޖެހޭ 250 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ އަންނަ ޖޫން މަހު އެއްފަހަރާ އެވެ. އެކަމަކު ސުކޫކް ވިއްކައިގެން ސަރުކާރުން ވަނީ މިދިޔަ އަހަރު އޭގެ ތެރެއިން 192 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ. މިހާރު ޖޫން މަހު ދައްކަން ޖެހޭނީ ބާކީ 58 މިލިއަން ޑޮލަރެވެ.

އަމީރު ވިދާޅުވީ މި 58 މިލިއަން ޑޮލަރާއި އިންޓްރެސްޓް ހިމަނައިގެން މި ބޮންޑުގެ ބާކީ ދައްކަން ބޭނުންވާ 62 މިލިއަން ޑޮލަރަށްވާ ފައިސާ އެބަހުރި ކަމަށެވެ. ބަޖެޓުގައިވާ ގޮތުގައި ބޮންޑުގެ ބާކީ ދައްކާނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިންނެވެ.

ދަރަނީގެ މައްސަލައިގައި އަމީރު އިތުރަށް ވިދާޅުވީ މިހާރު އޮތްގޮތުން ދަރަނި ދެއްކުމުގައި ދަތިކަމެއް ދިމާވާނީ 2026 ގައި ކަމަށެވެ.

ނަމަވެސް ހާލަތާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން އަބަދުވެސް ހަދަންޖެހޭ ދިރާސާތައް ހަދާ، އެއަށް ބިނާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން މެނޭޖުކުރިި ގޮތަށް މިހާރު ދުނިޔޭގެ އިގުތިސޯދަށް ދިމާވެފައިވާ ކަންކަން ވެސް މެނޭޖުކުރާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކްރައިސިސް މެނޭޖްކުރުން އެއީ ކުރަން ޖެހޭ ކަމެއް. ކުރިން ދިމާވި ކްރައިސިސް ވެސް ރަނގަޅަށް މެނޭޖުކުރިން، އެކަން އެންމެންވެސް ފާހަގަކޮށްފައި ވަނީ. ދަރަނި މެނޭޖުކުރާ ގޮތާ މެދު ވަރަށް ޔަގީންކަން އެބައޮތް." އަމީރު ވިދާޅުވި އެވެ.

އަގުތަކަކީ ކަންބޮޑުވުމެއް، އެކަމަކު އިގުތިސޯދު ދުވެލި ބާރު

މިވަގުތު ނުރައްކަލެއް ނެތް ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފުލެމުންދާ އަގުތައް، ހާއްސަކޮށް ތެލުގެ އަގާ ހުރެ ބަޖެޓަށް ފިއްތުންތަކެއް އެބަހުރި ކަމަށް އަމީރު އެއްބަސްވެވަޑައިގެންނެވި އެވެ.

އެއީ ތެލާއީ ކާޑުގެ ބާވަތްތައް ސަބްސިޑައިޒްކުރަން ކުރަން ޖެހޭ ހޭދަ އިތުރުވާތީ އެވެ.

ސީދާ އަދަދެއް ވިދާޅުނުވި ނަމަވެސް އަމީރު ވަނީ ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. މިއާ އެކީ ބަޖެޓުކުރި ވަރަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަން ޖެހި، މިހާރު ވެސް ފައިނޭންސިން ދަތިތައް ދިމާވެފައިވާ ބަޖެޓަށް އިތުރަށް ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

"ޔޫކްރެއިންގައި މިހިނގާ ހަނގުރާމައާ އެއްކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެ. ފުޑް ޕްރައިޒަސް މަތިވެއްޖެ. އެއާ އެއްކޮށް ރާއްޖެއަކީ ސީދާ ރައްޔިތުންނަށް އެ ޕާސް ނުކޮށް ފިއުލް ސަބްސިޑީ، ފުޑް ސަބްސިޑީ ދޭ ގައުމަކަށް ވާތީވެ، ބަޖެޓުން ކުރާ ހޭދަ އިތުރުވެއްޖެ. އެހެންވެ ފިސްކަލް ސްޕޭސް ވަރަށް ބޮޑަށް ސްޓްރެއިން ވެއްޖެ،" އަމީރު ވިދާޅުވި އެވެ.

މި ކަންބޮޑުވުންތަކާ އެކުވެސް ދުނިޔޭގެ އިގުތިސޯދުތަކާ އަޅާ ބަލާއިރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ބާރު ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މިކަން ވާލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ފަދަ މާލީ އިދާރާތަކުން ފާހަގަކޮށް މި އަހަރު އެންމެ ދުވެލި ބާރު އިގުތިސޯދުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މައި ސިނާއަތް ޓޫރިޒަމް ހިމެނޭހެން ކޮންސްޓްރަކްޝަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތްތައް ބަރާބަރަށް ހިނގަމުންދާ ކަން އަމީރު ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަކޮށް ޓޫރިޒަމަށް ބަލާއިރު، އަންދާޒާ ކުރި 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެނުއަރީ، ފެބްރުއަރީ، މާޗް، އޭޕްރީލް، މޭ، މިހާތަނަށް އައިއިރު އަޅުގަނޑުމެންގެ ހަމަ ފޯކާސްޓާ ގާތްގަނޑަކަށް އެއްވަރަކަށް ޓޫރިސްޓުން އެބައާދޭ. 2019 ވަނަ އަހަރުގެ ހަމަ މި މުއްދަތާ އަޅާ ބަލާއިރު އަޅުގަނޑުމެންގެ 2022 ވަނަ އަހަރު، ގާތްގަނޑަކަށް 92 ޕަސެންޓު.. އެޗީވްވެއްޖެ"

މީގެ ސަބަބުން އިގުތިސޯދީ ކުރިއަރާ ވަރަކަށް ސަރުކާރުގެ އާމްދަނީ އިތުރުވެ، ޖީޑީޕީގެ ނިސްބަތުން ދަރަނި ވެސް ކުޑަވަމުން ދާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނީ ހުރީ ޖީޑީޕީގެ ނިސްބަތުން 122 ޕަސެންޓުުގަ އެވެ.

ދަރަނި މެނޭޖުކުރެވޭނެ ކަމަށް އަމީރު ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދަރަނި އަދާކުރުމުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިގުތިސޯދީ ހާލަތަށް ރިއާޔަތްކޮށް ހަރަދުތައް ކުޑަކޮށް ބައެއް ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލަން ޖެހި ދާނެ ކަމަށް ވަނީ އިޝާރާތްކުރައްވާފަ އެވެ.

ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލިއްޔަތުކަމުގެ ބަހުސް ފެށުނީ، ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ޖޭޕީމޯގަން ޗޭސްއިން އިންވެސްޓަރުންނަށް ފޮނުވި ނޯޓެއްގައި ރާއްޖެ ހިމެނޭގޮތަށް އަށް ގައުމެއްގެ ފޮރިން ރިޒާވު އަންނަ އަހަރުގެ ނިޔަލަށް ހުސްވެ، ޑީފޯލްޓް ވެދާނެ ކަމަށް ބުނުމާ ގުޅިގެނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox