"ޖީ2000" އާއި "ޖިއަޑާނޯ"ގެ އާ އުފެއްދުންތަކެއް ކްލެސިކް ފިހާރަ ބާޒާރަށް ނެރެފި އެވެ.
ދުނިޔޭގައި ނަން މަޝްހޫރު އެ ދެ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަ، ކްލެސިކް ފިހާރައިން އާ އުފެއްދުންތައް ރޭ ނެރުނީ ސޯޝަލް މީޑިއާގެ ނުފޫޒުގަދަ މީހުންނާއެކު އެވެ.
ހެންވޭރު އަމީރު އަހުމަދު މަގުގައި ހުންނަ ކްލެސިކް ފިހާރައިން އަލަށް ނެރުނު ޖިއަނާޑޯގެ ސްޓައިލްތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ލިނެން ކުރުތާ އާއި ފިރިހެން އޮކްސްފޯޑް ގަމީހުގެ އާ ޑިޒައިންތަކާއި ލިނެން ގަމީހާއި ޕޯލޯ ޓީޝާޓުގެ އާ ޑިޒައިންތަކުގެ އިތުރުން ކެޝުއަލް ޕޭންޓްސް ހިމެނެ އެވެ.
ޖީ2000 ބްރޭންޑުގެ ސްމާޓްފިޓް، ސްލިމްފިޓް އަތް ކުރު އަދި ދިގު ފޯމަލް ގަމީހާއި ޓެކްވޯކް ގަމީހާއި ޕޯލޯގެ ޕްލެއިން އަދި ޑިޒައިން ޓީޝާޓާއި ކޮމްފޯޓް ޓީސް، ޓައިގެ އިތުރުން ތަފާތު އެކި މެޓީރިއަލްގެ ކެޝުއަލް ގަމީސް ވެސް ވަނީ ނެރެފަ އެވެ.
އާ އުފެއްދުންތަކާއެކު 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. މި ޕްރޮމޯޝަން މި މަހުގެ 26 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.









