ނިމިދިޔަ ހަފްތާ: އެމްޑީޕީގެ ވާދަވެރި އިންތިހާބު ކާމިޔާބުކޮށް ފައްޔާޒު ޗެއާޕާސަނަކަށް

އިންތިހާބުގެ ކާމިޔާބަށް ފަހު ފައްޔާޒު އޭނާގެ ސަޕޯޓަރުންނާ އެކު ޖަގަހަ އަށް ވަންނަނީ. އޭނާ ވަނީ 58 ޕަސެންޓު ވޯޓު ކާމިޔާބުކޮށްފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިންތިހާބުގެ ކާމިޔާބަށް ފަހު ފައްޔާޒު އޭނާގެ ސަޕޯޓަރުންނާ އެކު ޖަގަހަ އަށް ވަންނަނީ. އޭނާ ވަނީ 58 ޕަސެންޓު ވޯޓު ކާމިޔާބުކޮށްފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވާދަވެރި ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރައްވައި އެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިންތިހާބުވެވަޑައިގަތީ ނިމިދިޔަ ހަފްތާގަ އެވެ.

އެ އިންތިހާބުގައި ފައްޔާޒު އާ ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. ރައީސް ނަޝީދުގެ ތާއިދާއެކު ނުކުންނެވި އިމްތިޔާޒަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ. ރައީސް ސޯލިހުގެ ތާއިދާ އެކު ކުރިމަތިލެއްވި ފައްޔާޒަށް ލިބިވަޑައިގެންނެވީ 58 ޕަސެންޓު ވޯޓެވެ.

ފައްޔާޒުއާ އެކު އެމްޑީޕީން އިތުރު ކާމިޔާބީތައް ހޯދާނެކަމާ މެދު ނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. އަދި، އޭނާ އަކީ ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެ ތަޖުރިބާއިން އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ކަމަށާއި، އެކަން އެގޮތަށް ކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލީ މިދިޔަ ހަފްތާގަ އެވެ.

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވެސް ދެމެހެއްޓީ ވެސް މިދިޔަ ހަފްތާގަ އެވެ.

ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލިކުޑަކުރަން ސަރުކާރުން ނިންމާފައިވާ ނިންމުން ދިފާއު ކުރައްވާ، ފައިދާ ބޮޑު ގޮތަކީ ޓެކުހުން ފައިދާ ނެގުން ކަމަށް ޓޫރިޒަމާ ބެހޭ މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ މިދިޔަ ހަފްތާގަ އެވެ. ޓޫރިސްޓު ބިންތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. ބިލުގެ މަގުސަދުތަކުގެ ތެރޭގައި މިނިމަމް ވޭޖް ތައާރަފްކުރުމުން ރިސޯޓްތަކަށް މާލީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުން ހިމެނެ އެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި- އިލެކްޝަންގައި ރަނގަޅު ނޫން ގޮތަކަށް ގުނި ކަމަށް އެމްއެންޕީން ބުނާ ދެ ވޯޓު ކަރުދާސް އަލުން ބެލުމަށް ފަހު، ކުރިން އޮތް ނަތީޖާ އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ބައި އިލެކްޝަން އެމްއެންޕީގެ ކެންޑިޑޭޓް އާމިނަތު ޝީޒާ ބަލިކޮށް ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާ ކާމިޔާބު ކުރީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ޝީޒާއަށް 358 ވޯޓު ލިބުނު އިރު ނާޒިމާއަށް ލިބުނީ 359 ވޯޓެވެ.

އިންޑިއާއެކު މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން ރައްޔިތުންނަށް އޮތް ގެއްލުންތައް ހާމަކޮށް އެކަމުގައި ސަރުކާރަށް ރައްދުދީ ބަހުސްކުރުމަށް ޕެނަލް ޑިސްކަޝަނަކަށް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވީ މިދިޔަ ހަފްތާގައި "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަށް ތުހުމަތުތަކެއް ކުރައްވައި ފޮނުއްވި މެސެޖްތައް ތަހުގީގަށް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގައި މަސައްކަތްތައް ކުރިއަށް ނުގެންދަނީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައި އޮތުމުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމެންޓަރީ ގުރޫޕުން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.

އިގުތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހަވާލުކުރެއްވީ ވެސް މިދިޔަ ހަފްތާގަ އެވެ. ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ނަޝީދު އެގޮތަށް ހުށަހެޅުއްވީ މިއަދު ބޭއްވި މަޝްވަރާތަކެއްގައި ކަމަށެވެ. ލަންކާއަށް އެހީ ހޯދައިދޭން އެމަނިކުފާނު ހުށަހެޅުއްވުމުން ބޮޑުވަޒީރު ރަނިލް ޝުކުރުއަދާކުރެއްވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ނަޝީދަށް ދިން ހަމަލާގެ ހެކި ބަސް ނެގުން އަންނަ މަހަށް ތާވަލު ކުރުން
  • ޔޫއޭއީގެ އާ ރައީސް ޝެއިހް މުހައްމަދުއާ ރައީސް ސޯލިހު ބައްދަލުކުރެއްވުން
  • އިތުރު 393 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކުރަން ނިންމުން
  • ސަރުކާރުގެ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމާ ދެކޮޅު ހެދުން
  • ބަދަލު ހިފުމެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވުން
  • 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތުން
  • ކައުންސިލުތަކަށް ކުރެވޭ ވިޔަފާރިތަކުގެ ތެރޭގައި ގެސްޓް ހައުސް، ފިހާރަ ހިމެނުން
  • އެސްޓީއޯއަށް މިދިޔަ އަަހަރު ސާފު ފައިދާގެ ގޮތުގައި 487 މިލިޔަން ރުފިޔާ

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން

  • މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާ ދިން އަދުހަމް އަހުމަދު ރަޝީދު ދިރިއުޅުން ބަދަލުވުމުގައި މަސްތުވާތަކެތީގެ ދައުރު އޮތް މިންވަރު ހާމަ ކޮށްދިނުމަށް ހަސަން މުހައްމަދު ގެނެސްދީފައިވާ ރިޕޯޓެކެވެ.
  • ރާއްޖޭގެ ސިޔާސީ މަސްރަހާއި އެހެނިހެން އިސް މަގާމުތަކުގައި ވެސް ތިބި މީހުންނަށް ކުރެވޭ ތުހުމަތާއި އުމުރުން ދުވަސްވުމުން ވެސް ރިޓަޔާ ކުރުމުގެ ސަގާފަތެއް ނެތުމުގެ ސަބަބުން ކުރިމަތިވަމުންދާ ކަމަށް އަލިއަޅުވާލައި މުހައްމަދު އުޝާމް ލިޔެފައިވާ ރިޕޯޓެކެވެ.
  • މިއީ ނާޒިމް ހަސަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ކުރި އިންޓަވިއުގައި އެމަނިކުފާނު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅިގެންނާއި "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ބިނާކޮށް ލިޔެފައިވާ ރިޕޯޓެކެވެ.

ދިރާސާތަކުން ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox