އިމްތިޔާޒު ބަލި ގަބޫލުކުރައްވައިފި، ވިދާޅުވީ ޕާޓީގައި ދެމި ހުންނާނެ ކަމަށް

ޗެއާޕާސަން އިންތިހާބުގެ ބަހުސްގައި އިންތި ވާހަކަ ދައްކަވަނީ. އެ އިންތިހާބުގައި 42 ޕަސެންޓު ވޯޓު އޭނާ ހޯއްދެވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޗެއާޕާސަން އިންތިހާބުގެ ބަހުސްގައި އިންތި ވާހަކަ ދައްކަވަނީ. އެ އިންތިހާބުގައި 42 ޕަސެންޓު ވޯޓު އޭނާ ހޯއްދެވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީގެ ޗެއާޕާސަންކަމަށް ބޭފުޅަކު ހޮވަން އިއްޔެ ބޭއްވި އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބަލި ގަބޫލުކުރައްވައިފި އެވެ.

އިމްތިޔާޒާ ވާދަކުރައްވައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކާމިޔާބުކުރެއްވީ 58 ޕަސެންޓު ވޯޓުންނެވެ. އިމްތިޔާޒަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ.

"އަޅުގަނޑުމެން މި ވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މި ޕާޓީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނާނަން،" ފައްޔާޒަށް މަރުހަބާ ދަންނަވައި އިންތި މިއަދު ހަވީރު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އިންތި ބަލި ކުރައްވާފައިމިވަނީ އޭނާއާއި އޭނާގެ ޓީމުން އިންތިހާބުގެ ނަތީޖާއާ މެދު އެއްޗެއް ބުނެފައި ނުވާތީ، ބަލި ގަބޫލު ނުކުރައްވަނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށެވެ.

ފައްޔާޒަށް މަރުހަބާ ވިދާޅުވެ ކުރެެއްވި ޓްވީޓްގައި، އިމްތިޔާޒަށް ތާއީދު ހޯދައި ދިނުމަށް މަސައްކަތް ކުރި އެންމެނަށާއި ވޯޓު ދިން ހުރިހާ މެންބަރުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އިއްޔެގެ އިންތިހާބު ކުރިއަށް ދިޔަ ވަގުތު އިންތިގެ ޓީމުން ގިނަ ޝަކުވާތަކެއް ކުރި އެވެ. އެގޮތުން ވޯޓު އޮޅުވާލަން ފައިސާ ބެހުމާއި ބިރު ދެއްކުމާއި ވަގު ވޯޓު އެޅުން ފަދަ ކަންތައްތައް ކުރާކަމަށް އިމްތިޔާޒުގެ ޓީ މުން ތުހުމަތުކުރި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު އޮތް އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ޖުމްލަ ޖުމްލަ 281 ވޯޓު ފޮއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox