ހައްޖަށް ގެންދިއުމުގައި މަކަރުހަދާނަމަ 7 ލައްކައަށް ވުރެ ބޮޑު ޖޫރިމަނާއެއް!

ހައްޖަށްދާން ފުރަން ތައްޔާރުވެފައި ތިބި ދިވެހިންތަކެއް-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖަށްދާން ފުރަން ތައްޔާރުވެފައި ތިބި ދިވެހިންތަކެއް-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް 500،000ރ. އާ 750,000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލު އިސްލާހުކޮށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އާންމު ކުރި 'ރާއްޖެއިން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު" ގައި ހައްޖަށް ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް ޖޫރިމަނާ ކުރެވޭނެ ތިން ގޮތެއް ކަނޑައަޅާފައި އެބަ އޮތެވެ.

އެއީ ހައްޖަށް މީހުން ގެންދިއުމުގައި ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފިނަމަ ކުރާ ޖޫރިމަނާއަކާއި އުސޫލާ ހިލާފަށް ހައްޖުވެރިން އަތުން ފައިސާ ނަގައިފި ނަމަ ކުރާ ޖޫރިމަނާ އަދި ބަޔަކަށް ހައްޖަށް ނުދެވުނީ ކުންފުންޏެއްގެ އިހުމާލުން ކަމަށް ވެއްޖެ ނަމަ ކުރާ ޖޫރިމަނާ އެވެ.

އިދާރީ ކަމެއް ފުރިހަމަ ނުކުރާ ކުންފުނިތައް 5000ރ. އާއި 10000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ. އުސޫލާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައި، ކޮށްގެން ނުވާނެ ކަމެއް ކޮށްފިނަމަ 30،000ރ. އާއި 100،000ރ. އާ ދެމެދު ޖޫރިމަނާ ގުރާގޮތަށް ވެސް އެ އުސޫލުގައި އެބަ އޮތެވެ.

ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެނަމަ އަދި ހައްޖުވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވެއްޖެ ނަމަ، 75،000ރ. އާއި 500،000ރ. އާ ދެމެދުގެ އަގަގުން ޖޫރިމަނާ ކުރާނެކަމަށްވެސް އެ އުސޫލުގައިވެ އެވެ.

ހައްޖުގެ ކަންކަން ބެލެހެއްޓުމަށް "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" ގެ ނަމުގައި އާ އޮފީހެއް

ކުރީގެ އުސޫލު އިސްލާހުކޮށް މިއަދު އަމަލުކުރަން ފެށި އުސޫލާ އެއްގޮތަށް ހައްޖަށް މީހުންގެ ގެންދިއުމާ ގުޅޭ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް، ވަނީ އޮފީހެއް ވެސް ހުޅުވާފަ އެވެ.

އެ އޮފީހުގެ ބޭނުމަކީ ރާއްޖެއިން ހައްޖަށް ދާ މީހުންނާއި އެ މީހުން ގެންދާ ކުންފުނިތައް ސައުދީ އަރަބިއްޔާގައި އުޅޭ ދުވަސްވަރު މައްކާ އާއި މަދީނާގައި މިނިސްޓްރީން ކުރަން ޖެހޭ ރަސްމީ މަސައްކަތްތައް ކުރުމެވެ.

އަދި ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހިދުމަތް ދޭ ކުންފުނިތަކުން ދެމުންގެންދާ ހިދުމަތާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް، ބެލެހެއްޓުމުގެ އިތުރުން ހައްޖަށް މީހުން ގެންދާ ކުންފުނިތައް ޒިންމާދާރުކުރުވައި އެކަމާ ގުޅޭ ގޮތުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކަށް އަމަލުކުރުވުން ކަމަށްވެސް އުސޫލުގައި އެބަ އޮތެވެ.

ހައްޖަށް މީހުން ގެންދިއުމަށް ވަރުގަދަ އުސޫލެއް ހަދައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ގޮތަށް ނިންމާފައި މިވަނީ އިސްލާމިކް މިނިސްޓްރީން ދޫކުރި ޖާގަ އަށް ވުރެ އިތުރަށް، ހައްޖަށް ގެންދާނެ ކަމަށް ބުނެ "އޮޅުވާލައިގެން" ގިނަ ބައެއްގެ އަތުން ފައިސާ އަތުލާފައިވާ މައްސަލަތަކެއް ކުރިން ފެންމަތިވެފައި ވަނިކޮށެވެ.

އެފަދަ ބައެއް މައްސަލަތަކުގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެެބަ ދެ އެވެ.

މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދަން ލިބުނީ 453 ކޯޓާ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކޯޓާ މަދުން ލިބެއްޖެނަމަ ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރާނީ ހައްޖު ކޯޕަރޭޝަނާއެކު އިތުރު ދެ ޖަމައަތަށްކަމަށެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖުލައި މަހުގެ އަަށް ވަނަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox