ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅަށާއި އިދިކޮޅު ޕީޕީއެމް އޮފީހަށް ގެއްލުންދިން މައްސަލައިގައި މިހާކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޔާމީންގެ ގެކޮޅު ހ. ދޫވެހީގެ ގޭޓަށް އަދި ޕީޕީއެމް އޮފީސް ހިންގާ އިމާރާތަށް ވެސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ކަޅުކުލައިން މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ވަނީ ސްޕްރޭ ކޮށްފަ އެވެ. އަދި އެ ސަރަހައްދަށް ޔާމީން ހައްޔަރުކުރަން ގޮވާލައި ކަރުދާސްތަކެއް ވެސް އަޅާފައިވެ އެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނެއް އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
ޔާމީންގެ ގެކޮޅަށް ސްޕްރޭ ޖަހާފައިމިވަނީ ޒުވާނުންގެ ގުރޫޕަކުން އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފައިވަނިކޮށެވެ. އެ މުޒާހަރާގައި ވެސް ޔާމީން ހައްޔަރުކުރުމަށް ވަނީ ގޮވާލާފަ އެވެ.

ޔާމީން ހައްޔަރުކުރުމަށް ގޮވާލަމުންދާއިރު, އެމަނިކުފާނު ގެންދަވަނީ "އިންޑިއާ އައުޓް" ކެމްޕެއިން ވަރަށް ބޮޑަށް ކުރައްވަމުންނެވެ. އެ ކެމްޕެއިނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވާފަ އެވެ.













