ކްލައިމެޓް އެޑެޕްޓޭޝަން ފަންޑިން ނުލިބޭތީ ޝައުނާގެ ކަންބޮޑުވުން: "ފިނިހަކަ ދުވެލީގަ މިކަމެއް ނުވާނެ"

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ: މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާން އެންމެ ދަތިވަނީ ފަންޑިން ނުލިބޭތީ ކަމަށް ދަނީ ވިދާޅުވަމުން. -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ: މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާން އެންމެ ދަތިވަނީ ފަންޑިން ނުލިބޭތީ ކަމަށް ދަނީ ވިދާޅުވަމުން. -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާން ފިޔަވަޅުން އަޅަން މާ ލަސްވެއްޖެ ކަމަށް ވިދާޅުވެ މިހާރުންމިހާރަށް އެކަމަށް ބޭނުންވާ ފައިސާ ލިބޭނެ މަގުފަހިކޮށްދޭން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ގޮވާލައްވައިފި އެވެ.

ރާއްޖޭގެ އިސްނެގުމަކަށް މިހާރު ކޮރޮސްރޯޑްސްގައި ކުރިޔަށްދާ "ގްލާސްގޯ ޝަރުމުއް-ޝެއިހް ވާކް ޕްރޮގްރާމް އޮން ދަ ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން (ޖީޖީއޭ)" ގައި، ޝައުނާ މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާން (ކްލައިމެޓް އެޑެޕްޓޭޝަން) ފަންޑިން ލިބުން ލަސްވާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ވާކް ޕްރޮގްރާމުގައި އދ. ގެ މޫސުމާ ބެހޭ މުއާހަދާ އާއި ކޮޕް26 ގެ ރިޔާސަތާއި އަންނަން އޮތް ރިޔާސަތުގެ އިތުރުން ތަރައްގީ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ފަންޑިން ނުލިބޭ މައްސަލައިގައި ޝައުނާ އެދިވަޑައިގެންނެވީ އެއް މާލަމެއްގައި ތިބެގެން ކުރާ މަޝްވަރާތަކަށް ފަހު މިކަމަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށެވެ. ނޫނީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ސަލާމަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ކޮންމެ ރަކަށް ދިޔަޔަސް އެ މީހުން ބުނަނީ މިއިން ޒަމާނަކު ނުގިރާ ވަރަށް ރަށްގިރުމުގެ ވާހަކަ. ވަޅު ފެން ލޮނުވާ ވާހަކަ. ތޫފާނުތައް ބާރުގަދަވެ ކަނޑު ގަދަވާ ވާހަކަ. އެކަމަކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އިތުރުވަމުން ދިޔަ ނަމަވެސް، އެޑެޕްޓޭޝަން ފަންޑިންއާ ގުޅުވާ އެހެން ބުނެވޭކަށް ނެތް"

އަދި، ވިދާޅުވީ މިހާރު ވެސް މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި، އެއާ ގުޅޭ ދާއިރާތަކަށް ދައުލަތުގެ ބަޖެޓުން 30 ޕަސެންޓު ހޭދަވާ ކަމަށެވެ. މިއީ ހައްލު ނުވެއްޖެ ހާލަތެއްގައި މެދު މިނުގެ އާމްދަނީ ލިބޭ ގައުމުތައް ފަގީރުވެ، ފަގީރު ގައުމުތައް ފެއިލުވެފައިވާ ދައުލަތްތަކަކަށް ވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ

މިއީ ކްލައިމެޓް އެޑެޕްޓޭޝަން ފަންޑިން ނުލިބޭ މައްސަލައިގައި ޝައުނާ ކަންބޮޑުވުން ފާޅުކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ވެސް އޭނާ މިކަން ފާހަގަކުރެއްވި އެވެ. އަދި ހައްލު ބޭނުންވާ އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށް ވިދާޅުވެ، ތަރައްގީވެފައިވާ ގައުމުތަކުން ކޮންމެ އަހަރަކު ދޭން ވައުދުވީ 100 ބިލިއަން ޑޮލަރު ކޮބައިތޯ އެ ސަމިޓުގައި ސުވާލު އުފެއްދެވި އެވެ.

ހަމަ އެ މޭރުމުން ޝައުނާ މިއަދު ވެސް އެ ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ ފަންޑުތައް ދޫކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން މެނުވީ ބޭނުންވާ ނަތީޖާ ހާސިލުނުވާނެ ކަމަށެވެ.

"ފަންޑު ލިބޭ ގޮތް އިސްލާހުކުރަންޖެހޭ. އެޑެޕްޓޭޝަން ފަންޑިންގެ އެންމެ އެދެވޭ ނަތީޖާ ބޭނުންވަނީނަމަ، ފިނިހަކަ ދުވެލީގައި ވަކިވަކި ޕްރޮޖެކްޓުތަކަށް ފަންޑުކޮށްގެން ކުރިޔަކަށް ނުދެވޭނެ." އޭނާ ވިދާޅުވި އެވެ.

ޕްރޮޖެކްޓުތަކަށް ފަންޑިން ލިބޭ ބަދަލުކުރަން ބައްދަލުވުމުގެ ބައިވެރިންނަށް ޝައުނާ ހުށަހެޅުއްވީ ކަންކަމުގެ ތެރޭގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބަޖެޓަށް ސީދާ ފައިސާ ލިބޭނެ މަގުފަހިކޮށްދިނުމާއި، ފަންޑުތައް ބޭނުންކުރާ ގޮތް ދައުލަތްތަކަށް ދޫކޮށްލުން ހިމެނެ އެވެ.

ދެ ދުވަހަށް ކުރިޔަށްދާ މި ޖީޖީއޭ ވާކް ޕްރޮގްރާމުގައި "ވާކިން ގްރޫޕް ރިޕޯޓް އޮފް ދަ އިންޓަގަވަންމެންޓަށް ޕެނަލް އޮން ކްލައިމެޓް ޗޭންޖް" (އައިޕީސީސީ) ފަދަ ގްރޫޕްތަކުން ވެސް ބައިވެރިވާނެ އެވެ. އަދި "އެޑެޕްޓޭޝަން" އާއި "ރެޒިލިއެންސް" ގާއިމުކުރުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް މަޝްވަރާކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox