ރާއްޖެއަށް ކައްކާ ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެ ފުޅިއަށް ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

މޯލްޑިވްސް ގޭސް ކުންފުނީގެ މުވައްޒަފުންތަކެއް ޑެލިވަރީގެ ހިދުމަތް ދެނީ -- ފޮޓޯ: މޯލްޑިވްސް ގޭސް

މޯލްޑިވްސް ގޭސް ކުންފުނީގެ މުވައްޒަފުންތަކެއް ޑެލިވަރީގެ ހިދުމަތް ދެނީ -- ފޮޓޯ: މޯލްޑިވްސް ގޭސް

ދިވެހިރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެ، މޯލްޑިވްސް ގޭސްއިން، ފުޅިތަކަށް ގޭސް އަޅައިދޭ ިމިންވަރު މަދުކުރަން އެ ކުންފުނިން ނިންމައިފި އެވެ.

މޯލްޑިވްސް ގޭސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ދިމާވުމުން ކަމަށެވެ. އެ ބަދަލު ގެނައުމަށް އެ ކުންފުނިން ނިންމައިފައި ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މޯލްޑިވްސް ގޭސްއިން ބުނީ އެ ބަދަލާއެކު 10 ކިލޯގެ ފުޅިއަށް ދެން އަޅައިދެމުން ދާނީ ހަތް ކިލޯގެ ގޭސް ކަމަށާއި 22 ކިލޯގެ ފުޅިއަށް އަޅައިދެމުން ދާނީ 14 ކިލޯގެ ގޭސް ކަމަށެވެ. އަދި، 45 ކިލޯގެ ފުޅިއަށް ހޮނިހިރު ދުވަހުން ފެށިގެން އަޅައިދޭނީ 31 ކިލޯގެ ގޭސްކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބަދަލު ގެނައި ނަމަވެސް، ގޭހުގެ އަގަށް ބަދަލެއް ނާންނާނެކަމަށާއި އަގު ނަގާނީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް، މިހާރު ވެސް ކަނޑައަޅައިފައިވާ ކިލޯ ރޭޓުން ކަމަށް މޯލްޑިވްސް ގޭހުން ބުންޏެވެ.

މޯލްޑިވްސް ގޭސްގެ އިއުލާނުގައި ބުނީ އެ ބަދަލަކީ ވަގުތީ ބަދަލެއް ކަމަށެވެ. އަދި، ތިން މަސްދުވަހަށް ބޭނުންވާ މިންވަރަށް އެއްފަހަރާ ގޭސް ގެނެސް ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެ މަޝްރޫއު ނިމުމުން، ގޭސް އެތެރެކުރަން ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މީގެ ކުރިން މާޗު 15، ގައި ވެސް މޯލްޑިވްސް ގޭސް އިން ވަނީ ގޭސް ވިއްކުން ލިމިޓުކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މަދުކޮށްފަ އެވެ.

އޭގެ ފަހުން، ޖޫން 17، ގައި އެ ކުންފުނިން ވަނީ 45 ކިލޯ އާއި 22 ކިލޯގެ ގޭސް ފުޅީގެ އަގުތައް ބޮޑުކޮށްފަ އެވެ.

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox