ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފި

ތިމާވެށްޓާ ބެހޭ ކުރީގެ މިނިސްޓަރު، އާމިނަތު ޝައުނާ -- ފޮޓޯ: އަދަދު

ތިމާވެށްޓާ ބެހޭ ކުރީގެ މިނިސްޓަރު، އާމިނަތު ޝައުނާ -- ފޮޓޯ: އަދަދު

މިދިޔަ ސަރުކާރުގެ ދުވަސްވަރު އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން ތިމާވެށްޓާ ބެހޭ ކުރީގެ މިނިސްޓަރު، އާމިނަތު ޝައުނާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފި އެވެ.

އެކްސްގައި ޝައުނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން އޭސީސީއަށް ހާޒިރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭނާގެ މިނިސްޓަރުކަމުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

"އަޅުގަނޑާ އިއްޔެ ސުވާލުކުރީ އިކޮނޮމިކް ކައުންސިލްގެ ލަފަޔަކާ ގުޅޭގޮތުން،" އެކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އަދަދު އިން ސުވާލުކުރުމުން ޝައުނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން ތަހުުގީގު ކުރަމުން ދަނީ ބަދަލު ދިނުމުގެ މައްސަލައެއްގައި އިކޮނޮމިކް ކައުންސިލުން ދިން ލަފައެއްގެ މައްސަލަ އެވެ.

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ނަމުގައި އުސޫލެއް އެކުލަވައިލީ ނޮވެމްބަރު 28، 2022 ގަ އެވެ.

އެ އުސޫލުގެ ދަށުން ބަދަލު ދިނީ އެކަމަކާ ގުޅޭ އިދާރާއަކުން އެކަން ތަހުގީގު ކުރުމަށްފަހު، ސެޓްލްމެންޓް ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުން އެ ކައުންސިލުން ދޭ ލަފަޔަކާ ބެހޭގޮތުން ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު އެވެ.

އޭސީސީން ތަހުގީގު ކުރަމުން ދަނީ ސީދާ ކޮން މައްސަލައެއްކަމެއް އަދި އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، އެއީ ބަދަލު ދިނުމުގެ މައްސަލައެއް ކަމަށް ވާތީ، ސެޓްލެމެންޓް ކޮމިޓީ އާއި އިކޮނޮމިކް ކައުންސިލުގެ އިތުރުން ކެބިނެޓުގައި ތިއްބެވި ވަޒީރުން ވެސް އޭސީސީއަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox