މަނީ ލޯންޑްރީގެ ތުހުމަތުކޮށް، އަލްހާން ފުލުހަށް ހާޒިރު ކުރަނީ

އަލްހާން ފަހުމީ: އޭނާގެ ކުންފުނިން މަނީ ލޯންޑަރިން ކުރާ ކަމުގެ ތުހުމަތު ވަނީ ކޮށްފައި-- ފޮޓޯ: އަހުމަދު ސައީދު/އަދަދު

އަލްހާން ފަހުމީ: އޭނާގެ ކުންފުނިން މަނީ ލޯންޑަރިން ކުރާ ކަމުގެ ތުހުމަތު ވަނީ ކޮށްފައި-- ފޮޓޯ: އަހުމަދު ސައީދު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން މަނީ ލޯންޑަރިން ކުރާ ކަމުގެ ތުހުމަތުކޮށް، އަލްހާން ފުލުހަށް ހާޒިރުވާން މިއަދު ޗިޓު ފޮނުވައިފި އެވެ.

ފުލުހަށް ހާޒިރުވުމަށް އަންގައި އަލްހާނަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތު އެ ކުންފުނީގެ މައްޗަށް ކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ސުވާލު ކުރުމަށް އަލްހާން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރެއަށެވެ.

ފުލުހުން ފޮނުވި ޗިޓު ޓްވިޓާގައި ހިއްސާކޮށް، އަލްހާން ބުނީ ފުލުހުން ކުރަމުން އަންނަ ތަހުގީގަކީ އެއްވެސް އަސާސެއް ނެތި، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން "ވިޔަފާރި ހުއްޓުވަން" ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އޭނާ އާއި އޭނާ ހިއްސާވާ ކުންފުނިން ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނޭ ކަމަށް ބުނާ ވާހަކަ އަލްހާން ވަނީ ތަކުރާރުކޮށްފަ އެވެ.

މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު، އެމްއެމްއޭ އިން ނުސީދާކޮށް ކިންގްސް ފޮރެކްސްއާ ދެކޮޅަށް ބަޔާން ނެރެ، ބީއެމްއެލްގައި ހުޅުވާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓްތައް ފްރީޒް ކުރީ، ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox