ވެލިދޫ ޕީޕީއެމް އޮފީހުގައި ހުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން ގެންގޮސްފި

ވެލިދޫގައި ހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނަގަނީ: އޮފީހަށް ވަނީ ކޯޓު އަމުރެއްގެ ދަށުން -- ފޮޓޯ: ވީޑިއޯ ކެޕްޗާ

ވެލިދޫގައި ހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނަގަނީ: އޮފީހަށް ވަނީ ކޯޓު އަމުރެއްގެ ދަށުން -- ފޮޓޯ: ވީޑިއޯ ކެޕްޗާ

ނ. ވެލިދޫގައި އިދިކޮޅު ޕީޕީއެމުން ހިންގާ އޮފީހަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެ، "އިންޑިއާ އައުޓް" ޖަހާފައި ހުރި ބައެއް ތަކެތި ރޭގެ ވަގުތެއްގައި ގެންގޮސްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިންޑިއާ އައުޓް ލިޔެފައި ހުރި ދިދަތަކަކާއި ޓީޝާޓުތަކަކާއި ކެންވަސްތަކެއް ކަމަށް މި ނޫހާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ޕީޕީއެމް މެންބަރު އަބްދުﷲ ފާއިގު ވިދާޅުވި އެވެ. އަދި އެ ތަކެތި ގެންދިޔައީ އިންޑިއާ އައުޓް ކެމްޕެއިން މަނާ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ހަވާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ ސައްހަ ގަރާރެއް ކަމަކަށް، ޕާޓީން މި ކެމްޕެއިނު ކުރިއަށް ގެންދާހާ ހިނދެއްގައި އަޅުގަނޑުމެން ހުއްޓައެއް ނުލާނަން،" ފާއިގު ވިދާޅުވިއެވެ.

ޕީޕީއެމް އޮފީހުގައި ހުރި ބައެއް ތަކެތި ގެންދިޔުމުގެ އިތުރުން، ނަފްރަތު އުފެދޭ ގޮތަށް ހުރި ސާމާނު ނެގުމަށް 12 ގަޑިއިރުގެ މުހުލަތެއް ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލިދޫ ޕީޕީއެމް އޮފީސް ފުލުހުން ފާސްކުރުމުގެ ތެރެއިން--
ވެލިދޫ ޕީޕީއެމް އޮފީސް ފުލުހުން ފާސްކުރުމުގެ ތެރެއިން--

ވެލިދޫ ޕީޕީއެމް އޮފީސް ފުލުހުން ފާސްކުރުމުގެ ތެރެއިން--

ރާއްޖެއިން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތާ ދެކޮޅަށް ޗައިނާއަށް ތާއީދު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑު ކުރައްވާ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ރައީސް ގަރާރެއް ނެެރުއްވީ އޭޕްރީ 21، ގަ އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި ރައީސްގެ ގަރާރުގައި ބުނެފައިވެ އެވެ.

ނަމަވެސް ޕީޕީއެމުން ބުނެފައި ވަނީ އެ ގަރާރަކީ ގައިރު ގާނޫނީ ގަރާރެއް ކަމަށެވެ. އަދި އެ ގަރާރު ބާތިލް ކުރުމަށް ވަނީ ކޯޓަށް މައްސަލައެއް ވެސް ވައްދައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox