ނުރައްކާތެރި އެއްޗެއް މަގުމަތީ އޮތް ކަމަށް ބެލެވިގެން ސިފައިންނާއި ފުލުހުން ހާއްސަ އޮޕަރޭޝަނެއް މިއަދު މާލޭގައި ހިންގައިފި އެވެ.
ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވީ މާފަންނު, މިފްކޯ މަސް ފިހާރަ ހުންނަ ސަރަހައްދުގަ އެވެ.
އެ ސަރަހައްދު ބަންދުކޮށް, އެތަނުގައި ބޮން ސްކޮޑް ވެސް ހަރަކާތްތެރިވި އެވެ. ނަމަވެސް, ގޮތް ނޭނގޭ އެއްޗެއް ކަމަށް ބެލެވުނު އެތީގައި އޮތީ ކުނި ފޮށިގަނޑެއްކަން ވަނީ މައުލޫމާތު ލިބިފަ އެވެ.
އެ ސަރަހައްދު މިހާރު ވަނީ ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައި, ހުޅުވާލާފަ އެވެ.











