މަރުވެފައި އޮތްވާ އައިޖީއެމްއެޗަށް ގެންދިޔަ މީހެއްގެ ވަނަވަރު ދެނެގަނެވިފައިނުވާތީ, ފުލުހުން އާންމުންގެ އެހީއަށް އެދެފި އެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން މައުލޫމާތު ދިން ގޮތުގައި މިރޭ އިރާކޮޅު މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗަށް ވެއްޓިފައިވަނިކޮށެވެ. އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދުނެވެ.
ފުލުހުން ބުނި ގޮތުގައި އައިޖީއެމްއެޗްއަށް ގެންދެވިފައިވާ މީހަކީ ގާތްގަނޑަކަށް ފަސް ފޫޓް ހަ އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނެކެވެ. އެމީހާ ލައިގެންހުރީ މަޑު މުށިކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެކެވެ. އަދި އެމީހާއަކީ ތުބުޅިއެއްހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ މައުލޫމާތު އެނގޭފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.











