ބިދޭސީ މަސައްކަތްތެރިންނަށް މި އަހަރު 9600 އަށްވުރެ ގިނަ މީލްޕެކް ބަހައިފި

އުރީދޫން ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރް މީލް ޕެކް ބަހަނީ: އެއީ މިދިޔަ އަހަރު ވެސް ކުރިއަށްގެންދިޔަ ހަރަކާތެއް -- ފޮޓޯ: އުރީދޫ

އުރީދޫން ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރް މީލް ޕެކް ބަހަނީ: އެއީ މިދިޔަ އަހަރު ވެސް ކުރިއަށްގެންދިޔަ ހަރަކާތެއް -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް ގުޅިގެން މާލޭގައި ދިރިއުޅޭ ބިދޭސިންނަށް 9600 އަށް ވުރެ ގިނަ ރޯދަ ވީއްލުން ނިމިދިޔަ ރޯދަ މަހުގެ ތެރޭގައި ބަހައިފި އެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސިންގެ ހައްގުގައި މަސައްކަތްކުރާ ޖަމއްޔާއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން މިދިޔަ އަހަރު ވެސް އުރީދޫން ރޯދަ ވީއްލުން ބަހާފައިވެ އެވެ.

ދަ ސްޕޭސް އާއި އުރީދޫ މޯލްޑިވްސްގެ އިތުރުން މަމަކްއާ ގުޅިގެން ހިންގި މި ހަރަކާތުގައި ދުވާލަކު ގާތްގަނޑަކަށް 200 އެއްހާ މީލް ޕެކް ބަހާފައިވެ އެވެ.

Advertisement

އިފްތާރް މީލް ޕެކް ބެހުމުގެ ހަރަކާތް ނިންމާލާފައި ވާއިރު، ޖުމްލަ 9600 އަށްވުރެ ގިނަ މީލް ޕެކް ބަލާފައިވާ ކަމަށް މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ބުނެ އެވެ.

އެ ޖަމިއްޔާއިން ހާމަ ކުރާ ގޮތުގައި، މިއީ ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

މި ހަރަކާތުގައި އާންމުންނަށްވެސް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާއިރު މި ހަރަކާތަށް އާންމުންގެ ފަރާތުން ޖުމްލަ 170،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ހަދިޔާ ކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ "ޑޮނޭޓް އަ މީލް، ހެލްޕް ސޭވް އަ ލައިފް" މި މޮޓޯގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޗައިނާ ގާޑަން އާއި ދިރާގުގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.

މި ހަރަކާތުގައި މީލް ޕެކް ބެހުމަށްޓަކައި ހަރަކާތްތެރިވެފައިވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ވޮލަންޓިއަރުންނެވެ. އެގޮތުން 20 އަށްވުރެ ގިނަ ވޮލަންޓިއަރުން މި ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox