އުރީދޫ އަހަރީ ދުވަސް: މާދަމާ ހަވީރު ފަސް ތަނަކުން ހިލޭ އައިސްކްރީމް

Jul 31, 2026, 7:13 PM
ފޮޓޯ: އުރީދޫ

ފޮޓޯ: އުރީދޫ

އުރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން މާދަމާ ހަވީރު ފަސް ތަނަކުން ހިލޭ އައިސްކްރީމް ބޮވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. 

އުރީދޫއިން ބުނީ ހިލޭ އައިސްކްރީމް ލިބޭނެ އިންތިޒާމުތައް އުރީދޫއިން ހަމަޖައްސާފައިވަނީ މާލެ، ހުޅުމާލެ، ހުޅުމާލެ ފޭސް 2، ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި މާދަމާ ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 ޖެހުމާ ހަމައަށް ކަމަށެވެ. 

މިގޮތުން މާލޭގައި ހުންނަ އުރީދޫ ޑިޖިޓަލް ސެންޓަރު (ސަލްމާން މިސްކިތް ކުރިމަތި)، ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓަރު، ހުޅުމާލެ ފޭސް 2 ގައި ހުންނަ އުރީދޫގެ އޯއީސީ، ކުޅުދުއްފުށީގައި ހުންނަ އުރީދޫގެ އޮފީސްގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އުރީދޫގެ އޯއީސީން ހިލޭ އައިސް ކްރީމް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

މިދިޔަ އަހަރުވެސް އުރީދޫއިން ވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ހިލޭ އައިސްކްރީމް ބުއިމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ. 

އުރީދޫގެ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން އަންނަނީ ގިނަ ހަރަކާތްތައް ރާވައި ހިންގަމުންނެވެ.

އުރީދޫ މޯލްޑިވްސްގެ ހިދުމަތް ރާއްޖޭގައި ފެށީ މީގެ 21 އަހަރު ކުރިން އޯގަސްޓު 1، 2005 ގަ އެވެ. އުރީދޫއާއެކު ރާއްޖޭގެ ޓެލްކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ ކުންފުނީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ދޭން ފެށީ ވަނަތިއްޔާގެ ނަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox