ފުވައްމުލަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ހާލުދެރަވި ޑައިވަރު އިތުރު ފަރުވާއަށް ކަނޑިންމަ ރިސޯޓަށް

ފުވައްމުލަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ހާލުދެރަވި ޑައިވަރު އިތުރު ފަރުވާއަށް ކަނޑިންމަ ރިސޯޓަށް

ޏ. ފުވައްމުލަކު ނެރު ކައިރިއަށް މިއަދު ޑައިވިނަށް ފޭބި ދެ މީހުންގެ ތެރެއިން ހާލު ދެރަވެ ހޮސްޕިޓަލަށް ގެންދިޔަ މީހާ އިތުރު ފަރުވާއަށް ދ. ކަނޑިންމަ ރިސޯޓަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފި އެވެ.

މިއަދު ހަވީރު ހިނގި އެ ހާދިސާގައި އޭގެ ތެރެއިން އެކަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު "އަދަދު" އަށް ބުނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހާ އިތުރު ފަރުވާއަށް ކަނޑިންމަ ރިސޯޓަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

އެއީ ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ހާއްސަ އާލާތްތައް ފުވައްމުލަކާ އެންމެ ކައިރިން ހުންނަނީ އެ ރަށުގައި ކަމަށްވާތީ އެވެ.

"ޗެމްބަރަށް ލުމަށް ކަނޑިންމައަށް ފޮނުވުމުގެ މަސައްކަތް ކުރަމުން މިހާރު ދަނީ،" އޭނާ ބުންޏެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެ ހާދިސާ ހިނގާފައި ގޮތާއި ހިނގަން މެދުވެރިވި ގޮތް ސާފު ނުވާ ކަމަށެވެ.

އެމްްއެންޑީއެފުން ބުނީ ޑައިވިނަށް މީހަކު ގެއްލުނުކަމުގެ ރިޕޯޓް ލިބިގެން އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑް ސަދަން އޭރިއާ ކޮމާންޑުން ކުރަމުން އަންނަ ކަމަށެވެ. ގެއްލުނީ 35 ވަރަކަށް އަހަރުގެ ފިރިހެނެއް ކަމަށާއި ގެއްލުނު އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެއް ކަމަށް މައުލޫމާތު ލިބިފައިފާ ކަމަށް ވެސް ބުންޏެވެ.

ޑައިވިންއާއި ސްނީކްލިންއަށް ގޮސްގެން އުޅެނިކޮށް މަރުގެ ތަފާތު ހާދިސާ ރާއްޖޭގައި ވަނީ ހިނގާފައެވެ. މިއަހަރުވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައި ވާއިރު ޑައިވް ކޮށް ފީނާ ހަދާމީހުން، ކަމުގެ ތަމްރީނު ހޯދައިގެން އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ. އަދި ހަމަ އެހެންމެ ޑައިވްކޮށް ފީނާ ހަދާ މީހުން ގިނަ ސަރަހައްދު ތަކުގައި ޑިކޮމްޕރެޝަން ޗެމްބާ ބެހެއްޓުމުގެ ވާހަކައަކީވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ.

ނަމަވެސް މިއަދާ ހަމައަށް މިމަސައްކަތުގައި އަމަލީ ފިޔަވަޅެއް އެޅިފައެއް ނުވެއެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox