ޗައިނާއިން ބޭނުންވަނީ ރާއްޖޭގައި ޑިމޮކްރަސީ ފުހެލައި، ހުދުމުހުތާރު ވެރިކަމެއް އޮންނަން: ނަޝީދު

ޗައިނާއިން ބޭނުންވަނީ ރާއްޖޭގައި ޑިމޮކްރަސީ ފުހެލައި، ހުދުމުހުތާރު ވެރިކަމެއް އޮންނަން: ނަޝީދު

އެ ގައުމަކަށް ތަބާވާނެ "ޕަޕެޓް" ސަރުކާރެއް އަދި ޑިމޮކްރަސީގެ ހަމަތަކަށް ވެސް ބެލުމެއް ނެތި މަސައްކަތް ކުރާނެ "ޑިކްޓޭޓާޝިޕް" ނުވަތަ ހުދުމުހުތާރު ސަރުކާރެއް ރާއްޖޭގައި ގާއިމް ކުރަން މަސައްކަތް ކުރަނީ ޗައިނާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝާމް ސަރަން އިއްޔެ ބޭއްވި ލެކްޗާއެއްގައި ބައިވެރިވެވަޑައިގެން ނަޝީދު އަނެއްކާ ވެސް ވަނީ ދިވެހި ދައުލަތުގެ ހާރިޖީ ސިޔާސަތުގައި އިންޑިއާ އިސް ކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

އާންމު ގޮތެއްގައި މިފަދަ ބައިނަލް އަގްވާމީ ޕްލެޓްފޯމްތަކުގައި ނަޝީދުގެ ފާޑުވިދާޅުވުން ޗައިނާއަށް އަމާޒުކުރައްވާއިރު އިއްޔެ ބޭއްވި އެ ސެމިނާގައި ވެސް ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނީގެ ގާތްގަނޑަކަށް 70 އިންސައްތަ ނިސްބަތްވަނީ ޗައިނާއަށް ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ޗައިނާއިން ބޭނުންވާ ގޮތަށް ދިވެހި ބިންތައް ފޭރެން ފުރުސަތު ނުދެވޭނެ ކަމަށެވެ. އެ ފުރުސަތު ކުރީގެ ސަރުކާރުން ފަހިކޮށްދިން ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"ޗައިނާއިން މަސައްކަތް ކުރަނީ ރާއްޖޭގައި އޮޓޮކްރަސީއެއް އުފައްދަން، ރާއްޖޭގައި މިހާރު އޮތް ޑިމޮކްރަސީ ފުހެލަން، ޑިކްޓޭޓާޝިޕް ސަރުކާރެއް އުފައްދަން، އޭރަށް އެ މީހުން ބޭނުންވާ ކޮންމެ ކަމެއް ކުރަން ލިބޭނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކައިގައި ދެން އިޝާރާތް ކުރެއްވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އޮންނަހާ ހިނދަކު އެފަދަ ހަރަކާތެއް ހިންގަން ވެސް ފުރުސަތު ނުދެވޭނެ ކަމަށެވެ.

"ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން މިހާރަށް ވުރެ ފުޅާކޮށް މާނަ ކުރެވޭ ގޮތަށް ގާނޫނީ އޮނިގަނޑެއް ގެނައުމަށް މި ދަނީ މަޝްވަރާ ކުރަމުން، އަދި އެއިން މިފަދަ ނަސްލީ ނަފުރަތު ކުރުމަށް ޖާގަ ނުދެވޭނެ ގޮތެއް ވެސް އޮންނަ ގޮތަކަށް،" ނަޝީދު ވިދާޅުވި އެވެ.

ޗައިނާއިން ރާއްޖޭގެ ޑިމޮކްރެސީ ފުހެލަން މަސައްކަތް ކުރާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރެވޭ ގޮތަށް އިންޑިއާއާއެކު މި ސަރުކާރުން އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކުރާ ކަމަށް ތުހުމަތު ކުރަމުންނެވެ.

މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ދޮގު ކުރެ އެވެ. އަދި އިންޑިއާގެ އަސްކަރީ އެހީތެރިކަން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށްގެންދާ ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ރައީސް ސޯލިހް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ.

އެ ގަރާރާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާތަކެއް ނަގާފަ އެވެ. އެގޮތުން، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވެސް ފުލުހުން ވަދެ އެ ތަނުގައި ދަމާފައި ހުރި ބެނާ ވެސް ނެގި އެވެ.

ރައީސް ސޯލިހްގެ ރިޔާސީ ގަރާރު ބާތިލް ކުރަން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އިދިކޮޅުން ގަބޫލު ކުރަނީ ހިޔާލު ފާޅުކުރުމަށް ހުރަސް އެޅޭ ގޮތަށް އޮތް އެ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox