ގެއްލުނުފަހުން ވީ ކުޑަ އިރުކޮޅެއް، ފެނުނުއިރު ވެސް އޮތީ މަރުވެފައި

ށ. ކަނޑިތީމު. އެރަށުން އިއްޔެ ގެއްލުނު ކުޑަކުއްޖާ ފެނުނު އިރު އޮތީ މަރުވެފައި.

ށ. ކަނޑިތީމު. އެރަށުން އިއްޔެ ގެއްލުނު ކުޑަކުއްޖާ ފެނުނު އިރު އޮތީ މަރުވެފައި.

އިއްޔެ އިރު އޮއްސެން ކައިރިވެފައި ހުއްޓާ ށ. ކަނޑިތީމުން އެއް އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފެށި ވާހަކަ މުހުސިނާ އަބްދުﷲގެ ދަރިފުޅު އައިސް ބުނުމުން އޭނާއަށް ދުއްވައިގަނެވުނީ ހުރި ދިމާލުން ގޮނޑުދޮށަށެވެ. އޭނާގެ ފަހަތުން އިތުރު މީހަކުވެސް އެ ދިމާއަށް ދިޔަ އެވެ.

އޭރު އެހިސާބުގަނޑުގެ އެހެން މީހުންވެސް ހާސްކަމާ އެކު އުޅުނީ ގެއްލުނު ކުއްޖާ ފެނޭތޯ އެވެ.

"އަޅުގަނޑުވެސް ދިޔައީ އެ ކުއްޖާ ގެ ކައިރި ގެ އަކަށް، އެ އަވަށުގަ ހުރި ގެ އަކަށް ރޯދަ ވީއްލަން. ދަރުފުޅު އައިސް ބުނީ ކުއްޖަކު ގެއްލިގެން އެބަ ހޯދައޭ. އެހެން ބުނީމަ އަޅުގަނޑުވެސް ދުވެފަ ނިކުތީ ގޮނޑުދޮށަށް. ނޭންގެ ކީއްވެ ކަމެއް އެހެން ބުނީމަ ހަމަ ދުވެފަ އަޅުގަނޑަށް ނިކުމެވުނީ ގޮނޑުދޮށަށް،" އެ ހިތްދަތި ހާދިސާ "އަދަދު" އަށް ކިޔައިދެމުން މުހުސިނާ ބުންޏެވެ.

ކުޑަކުއްޖާ މޫދުގަައި މަރުވެފައި އޮއްވާ ފުރަތަމަ ފެނުނީ މުހުސިނާއަށެވެ.

މުހުސިނާއާ އޭނާއާ އެކީގައި ދިޔަ ދެވަނަ މީހާއާ ދެމީހުން ގޮނޑުދޮށަށް ފޭބީ ދެ މީހުން ދެ މަގަކުންނެވެ.

"އަނެއް މީހާއަށް ފޭބުނީ ކުއްޖާ އޮތް ތަނާ ކައިރިމަގުން. އެކަމަކު އޭނަގެ ލޮލުގަވެސް އަޅައިނުގަތީ. ދެން އެހެން ބަލަމުން އަންނަނިކޮށް އަޅުގަނޑަށް ފެނުނީ މޫދުގަ ފެނުނީ ފެންމަތީގަ އޮއްވާ. ފެނިގެން އަޅުގަނޑު ނެގީ،" މުހުސިނާ ބުންޏެވެ.

"ނެގިއިރު މަރުވެފަ ކަމެއް އަޅުގަނޑަކަށް ނުވެއް އެނގޭ. ފެނުނީމަ އެގަޑީގަ ހާސްވެފަ ހުރީމަ. އަޅުގަނޑު އޭނާ ގޮވައިގެން އެއްގަމަށް އެރިތަނާ އެހެން މީހަކު އައިސް ނަގައިގެން ގެންދިޔައީ،"

އޭނާ ބުނި ގޮތުން ނަމަ މޫދުން ކުއްޖާ ނެގި ހިސާބުގެ ފުން މިނަކީ ބޮޑުމީހެއްގެ ފައިގެ ތަނބިކަށި ކިރިޔާ ފޮރުވޭވަރުގެ ފުންމިނެވެ.

ކަނޑިތީމުން "އަދަދު"އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ ކުއްޖާ މަރުވެފައި އޮއްވާ ފެނުނު ސަރަހައްދު އަލަށް މީހުން އާބާދުވާން ފަށާފައިވާ ހިސާބާ ކައިރި ކަމަށެވެ. އެ ހިސާބަކީ މޫދާވެސް ފުދޭވަރަކަށް ކައިރި ހިސާބެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކުއްޖާ މަރުވީ ކިހިނެތް ކަމެއް ނުވަތަ މޫދަށް ދިޔައީ ކިހިނެތްކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އެ ރަށު މީހުން ބުނާ ގޮތުންނަމަ ކުއްޖާ ގެއްލިގެން ހޯދަން ފެށީ ހަވީރު 5:45 ހާއިރު އެވެ. ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ 6:30 ހާއިރު އެވެ.

މަރުވި ކުއްޖާއަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖާ އެވެ. އޭގެ އިތުރުން އެ އާއިލާގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރެ އެވެ.

އެއް އަހަރުގެ ކުއްޖަކު މަރުވެފައި ވާއިރު މީގެ ކުރިންވެސް މޫދަށް ގެނބިގެން ކުޑަކުދިން ރާއްޖޭގައި މަރުވެފައި އެބަހުއްތެވެ. އެގޮތުން މި އަހަރު ޖެނުއަރީ މަހު ހުޅުމާލޭގެ ސްވިމިން ޕޫލަކަށް ގެނބިގެން ހަތަރު އަހަރުގެ ކުއްޖަކު މަރުވި އެވެ.

އަދި މިދިޔަ އަހަރު ވަނީ ފައިނުގައި މޫދަށް އެރި އުޅުނު ފަސް އަހަރު ކުއްޖަކުވެސް ގެނބިގެން މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox