ކުރިޔަށް އޮތް ފިތުރު އީދު ޗުއްޓީގެ ތެރޭގައި ބަނޑޭރި ޕޭ މެދުވެރިކޮށް މެޖިސްޓްރޭޓް ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށް ފައިސާ ދެއްކުމަށް އޮންނަ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 29 އިން ފެށިގެން އަންނަ މަހުގެ ހަތަކާއި ހަމަޔަށް އެއީ ސަރުކާރު ބަންދު ޗުއްޓީ ދުވަސްތަކެއް ކަމަށް ކަނޑައަޅާފައިވާތީ މެޖިސްޓްރޭޓް ކޯޓުތަކުގެ ހުކުމްތަކަށް ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދެއްކުން މެދުކެނޑިގެން ދާނެ ކަމަށެވެ.
ޑީޖޭއޭއިން އިތުރަށް ބުނީ އެފަދަ ހުކުމްތަކަށް މާދަމާ މެންދުރު 1:00ގެ ކުރިން ފައިސާ ދައްކައި ނިންމައިފިނަމަ، ސަރުކާރު ބަންދުވުމުގެ ކުރިން ޖަމާކުރެވޭނެ ކަމަށެވެ.












