އަމިއްލަ ފަސްގަނޑުގައި މެޑަލް ހޯދަން ރަފާ އެދެނީ ދިވެހި ސަޕޯޓަރުންގެ އެހީ އަށް

ދާދި ފަހުން ބޭއްވި ޓީީޓީ އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން ރަފާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދާދި ފަހުން ބޭއްވި ޓީީޓީ އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން ރަފާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މެޑަލް ހޯދުމަށް ޓާގެޓްކޮށްގެން ތައްޔާރުވި މުބާރާތެއް ކަމަށާއި، އުންމީދަކީ ދިވެހި ސަޕޯޓަރުންގެ އެހީއާ އެކު މެޑަލް ހޯދުން ކަމަށް ގައުމީ ޖޫނިއާ ޓެބަލް ޓެނިސް ޓީމްގެ ތަރި، އައިޝަތު ރަފާ ނާޒިމް ބުނެފި އެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މީގެ ކުރިން ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން މެޑަލް ހޯދާފައި މުބާރާތެކެވެ.

ރާއްޖޭގެ ޖޫނިއާ ޓީމްގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން ދިމާގެ އިތުރުން ރަފާ ވެސް ވަނީ މި މުބާރާތުގެ އެކި އިވެންޓްތަކުން މީގެ ކުރިން މެޑަލް ހޯދައިފަ އެވެ. އަދި ބައިނަލްއަގުވާމީ ލެވަލްގައި ދީމާ އާއި ރަފާ ހިމެނޭހެން މިދިޔަ ތިން އަހަރެއްހާ ދުވަހު ވަނީ ގިނަ މެޑަލްތަކެއް ގެނެސް ރާއްޖެ އަށް ރީތި ނަން ހޯދައިދީފަ އެވެ. މި ފަހަރުގެ ސައުތު އޭޝިއާ ޖޫނިއާ މުބާރާތަކީ އެކަން އަމިއްލަ ފަސްގަނޑުގައި ހާސިލްކުރަން ލިބޭ ފުރުސަތެކެވެ.

ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރަފާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުބާރާތުގެ ތައްޔާރީތަކާއި ގުޅޭގޮތުން ރަފާ ބުނީ ރާއްޖޭގައި މުބާރާތް ބާއްވަން ނިންމި ހިސާބުން ފެށިގެން ހުރިހާ ކުޅުންތެރިންވެސް ތައްޔާރީތައް ފެށި ކަަމަށެވެ. އަދި މުބާރާތަށް ކަނޑައެޅި ޓާގެޓަކީ މެޑަލް ހޯދުން ކަމަށާއި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެކަން ކާމިޔާބުވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވެސް ރަފާ ވަނީ ބުނެފަ އެެވެ.

"މިއީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް މުހިންމު މުބާރާތެއް. މެޑަލް އަށް ޓާގެޓް ކޮށްގެން ތައްޔާރުވި މުބާރާތެއް. އުއްމީދު ކުރަނީ ގިނަ ބަޔަކު ވަގުތުކޮޅެއް ހުސްކޮށްލައިގެން ސަޕޯޓްކުރަން އަންނާނެ ކަމަށް" 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރަން މެޑަލް އަދި ހަމަ އެ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދި ޓީމުގައި ހިމެނޭ ރަފާ ބުންޏެވެ.

ރަފާ ބުނީ އަމިއްލަ ގައުމުގައި މުބާރާތް ބާއްވާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ ސަޕޯޓަރުން ތިބުން ކަމަށެެވެ. އޭގެ ބޭނުން ހިފަން ހުރިހާ އެންމެން ވެސް ޓީމަށް ސަޕޯޓް ދިނުމަށް އައުމަކީ ރަފާ އާއި ޓީމުގެ ކުޅުންތެރިން ކުރާ އުންމީދެވެ. އަދި ރާއްޖޭގައި މި ކަހަލަ މުބާރާތެއް ކުލަގަދަކޮށް ބާއްވާއިރު މެޗުތަކުން މޮޅުވެ ސަޕޯޓަރުންގެ އެހީއާ އެކު ވަނަ ހޯދަން ބޭނުންވާ ކަމަށް ރަފާ ވަނީ ބުނެފަ އެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އާއި ޕާކިސްތާނުން ވާދަކުރާނެ އެވެ.

""އިންޑިއާ އަކީ ދުނިޔޭގެ ލެވަލްގެ ވަރުގަދަ ޓީމެއް. ލަންކާ ވެސް ވަރަށް ވަރުގަދަ. އެކަމަކު ވެސް އަމާޒަކީ އެންމެ ކުޑަމިނުން ރިހި މެޑަލް ހޯދުން. ވަރުގަދަ ޓީމްތަކެއް ތިއްބަސް ޔަގީންކަން އެބައޮތް މި ޓީމަށް މެޑަލް ހޯދޭނެ ކަމުގެ" ސަރަހައްދީ ޖޫނިއާ މުބާރާތުގައި އެންމެ ފަހު ފަހަރަށް ކުޅެން ނުކުންނައިރު، ވަރުގަދަ އަޒުމެއްގައި ހުރި ރަފާ ބުންޏެވެ.

ރަފާ ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް އަބަދު ވެސް މަދުވަނީ ބައިނަލްއަގްވާމީ މެޗުތަކުގެ ތަޖުރިބާ ކަމަށެވެ. އަދި މި ވަގުތު ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާ އެކު ކުޅޭ ޓްރެއިނިން މެޗުތަކުން ޓީމަށް ކުރިއެރުން އަންނަ ކަމަށް ރަފާ ވަނީ ބުނެފަ އެވެ. އަދި ގައުމީ ޓީޓީ ޓީމުގެ ކޯޗު ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ)ގެ ފަރާތުން ވެސް ޓީމަށް ގިނަ ކަންތައްތަކެއް ދަސްވަމުން އަންނަ ކަމަށް ރަފާ ބުނެފައިވެ އެވެ.

"ރަފާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ކުޅުންތެރިންނަށް އޮތް އެންމެ ބޮޑު ޑިސްއެޑްވާންޓޭޖަކީ މެޗް ޕްރެކްޓިސް މަދުވުން. އެހެންވީމަ ބޭރުން އައި ދެ ކުޅުންތެރިންނާއި، ކޯޗުގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރި. ރަނގަޅު މެޗުތަކެއް އެބަ ކުޅެވޭ. ކޯޗުގެ ފަރާތުން ވެސް ގިނަ ކަންކަން އެބަ ދަސްވޭ" ރަފާ ބުންޏެވެ.

ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިން އަމިއްލަ ގައުމުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ބައިނަލްއަގްވާމީ މުބާރާތެއް ކުޅެ، ވަނަތައް ހޯދަން މަގުފަހިކޮށްދިން ކަމަށް ޓަކައި ރަފާ ވަނީ މި ކަމުގައި ބައިވެރިވާ ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފަ އެވެ.

މުބާރާތުގައި ވާދަކުރާ ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ތާބިން ސުޖާއު، އިބްރާހިމް އައުޒަމް އަޒީމް، ޒީކް ހަސަން ލަތީފް އަދި އުމީރް މުހައްމަދު މުއިއްޒު އެވެ. އަދި ޖޫނިއާ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، މަލާކް ބިންތި މުއިއްޒު އެވެ. ކެޑޭޓް ފިރިހެން ޓީމުގައި ހިމެނެނީ ޒީކް އާއި އުމީރު އަދި އަހުމަދު ރައްޔާން މުހައްމަދު އަނީސް އެވެ. އަންހެން ކެޑޭޓް ޓީމުގައި ހިމެނެނީ ރަފާ، ދީމާ އަދި މަލާކް އެވެ.

ޓީމުގެ ކޯޗަކީ ގްރީސްގެ ކޮސްޓޯ އެެވެ. އެސިސްޓަންޓް ކޯޗަކީ މުހައްމަދު މުންތިފް އަހުމަދު އެވެ. އެސިސްޓިން ކޯޗުންނަކީ މޫސާ މުންސިފް އަހުމަދާއި ފާތިމަތު ޖުމާނާ ނިމާލް އެވެ. ޓީމު މެނޭޖަރަކީ އައިޝަތު ފަދުވާ ރަޝީދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox