ދީމާގެ ރެކޯޑް ނިމުމަކަށް ގެނެސް ރަފާ ގައުމީ ޗެމްޕިއަންކަން ހޯދައިފި

Aug 30, 2025, 7:21 PM
ގައުމީ ފައިނަލުން ބަލިވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނެސް ރަފާ، ގައުމީ ޗެމްޕިއަންކަން ހޯދުމަށް ފަހު ތަށްޓާ އެކު.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގައުމީ ފައިނަލުން ބަލިވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނެސް ރަފާ، ގައުމީ ޗެމްޕިއަންކަން ހޯދުމަށް ފަހު ތަށްޓާ އެކު.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އެންމެ ފަހުން ފަސް އަހަރު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ފާތިމަތު ދީމާ އަލީގެ ރެކޯޑް ނިމުމަކަށް ގެނެސް އައިޝަތު ރަފާ ނާޒިމް އަނެއްކާ ވެސް ގައުމީ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފަސް އަހަރު ވެސް ދީމާ ގައުމީ ތަށި އުފުލާލީ ފައިނަލުގައި ރަފާގެ މައްޗަށް ކުރިހޯދައިގެންނެވެ. އެކަމަކު، ހެންވޭރު މުނިއުފާ ޓީޓީ ހޯލުގައި މިއަދު ކުރިއަށްދިޔަ ފައިނަލުގައި، ދީމާގެ މައްޗަށް ރަފާ ކުރިހޯދީ، ސީދާ ހަތަރު ގޭމުންނެވެ. ރަފާގެ ފަރާތުން ތަފާތު ރޫހެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ، 11-09، 11-09، 11-06 އަދި 15-13 އިންނެވެ. މި މެޗުގެ އެކި ސެޓުތަކުގައި ދީމާ ހިތްވަރުކޮށް މެޗުގެ ތެރެއަށް އަންނަން މަސައްކަތް ކުރި ނަމަވެސް ރަފާ ވަނީ ހިތްވަރު ދައްކައި މޮޅު ކުޅުމަކާ އެކު މި ކާމިޔާބީ ހޯދައިފަ އެވެ.

މިއީ، ރަފާ، ގައުމީ ތަށި ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ރަފާ ވަނީ 2017 އާއި 2018 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިނގިރޭސިވިލާތުގައި އެމްބީބީއެސް ކިޔަވަމުން އަންނަ ރަފާ، ބްރޭކުގައި ޓީޓީ ޕްރެކްޓިސް ކުރަމުން އައިސް ރަނގަޅު ލެވަލެއްގައި ކުޅެ، އަލުން މި ވަނީ ގައުމީ ތަށި ހޯދައިފަ އެވެ.

Advertisement

ރަފާ ވަނީ މިކްސް ޑަބަލްސް ބައިން މޫސާ މުންސިފް އަހުމަދުއާ އެއް ޕެއާ އަކަށް ކުޅެ، ރަން މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޑަބަލްސް ބައިން ރަފާ އާއި މިންހާ މަހުޖޫބު ސުޖާއުގެ ޕެއާ އަށް ލިބުނީ ރިހި މެޑަލް އެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަނަކީ، އައިޝަތު މަލާކް ތާސީން އެވެ. ފަނަރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި 17 އަހަރުން ދަށުގެ، އައިޝަތު އަލްސާ ނާފިޒު ހޯދިއިރު، އަލްސާ އާއި މަލާކް ވަނީ އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ސަތާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަނަކީ، އަލްސާ އާއި މުހައްމަދު ހަލަފް ރާފިއު އެވެ.

ނަވާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ، ދީމާ އެވެ.

އަންހެން ޓީމު އިވެންޓްގެ ޗެމްޕިއަންކަން، ޓީރެކްސް ސްޕޯޓްސް އެކަޑަމީ ބަލިކޮށް ހޯދީ ޑަބްލިއު ސްޕޯޓްސް އެކަޑަމީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox