ރާއްޖޭގެ ތަޖުރިބާކާރު ޓޭބަލް ޓެނިސް އަމްޕަޔަރު އައްޒާމް އަށް ބްލޫ ބެޖް

Oct 19, 2025, 9:14 AM
ރާއްޖޭގެ ތަޖުރިބާކާރު ޓޭބަލް ޓެނިސް އަމްޕަޔަރު އައްޒާމް އަށް ބްލޫ ބެޖް

ޓޭބަލް ޓެނިސް (ޓީޓީ) އަމްޕަޔަރު، އައްޒާމް އިބްރާހިމް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދޭ ބްލޫ ބެޖް ހާސިލްކޮށްފި އެވެ.

ކުރީގެ ޓީޓީ ކުޅުންތެރިޔާ، އައްޒާމް، 56، އަކީ ރާއްޖޭން، ބްލޫ ބެޖް ހާސިލްކުރި ދެ ވަނަ އަމްޕަޔަރެވެ.

އެންމެ ފުރަތަމަ ބްލޫ ބެޖް ހާސިލްކުރި ރާއްޖޭގެ ޓީޓީ އަމްޕަޔަރަކީ، މިދިޔަ އަހަރު އެ ބެޖް ހާސިލްކުރި މުހައްމަދު ޔާމީން އެވެ. ބްލޫ ބެޖްގެ ދެ އަމްޕަޔަރުން ލިބުމާ އެކު، މިއީ، ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނަށް ލިބިގެންދިޔަ ބޮޑުކުރިއެރުމެއްގެ ގޮތުގައި އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.

Advertisement

ޓީޓީގެ ހިދުމަތްތެރިއެއްގެ ގޮތުގައި ފެނިގެންދާ އައްޒާމް ވަނީ 2005 ވަނަ އަހަރު މާލޭގައި ކުރިއަށްދިޔަ އައިޓީޓީއެފް/ޓީޓީއޭއެމްގައި ބޭސިކް އަމްޕަޔަރު ކޯހެއް ހަދައިފަ އެވެ. އޭގެ ފަހުން، 2008 ވަނަ އަަހަރު ވެސް ކޯހެއް ހެދި އެވެ. ޓީޓީ ކޯޗިންގައި ވެސް މަސައްކަތް ކުރަމުން އަންނަ، އައްޒާމް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކާއި ޓްރެއިނިންތަކުގައި މަސައްކަތްކޮށްފަ އެވެ.

އައިޓީޓީއެފް އިން ބެޖް ދިނުމުގައި ޓޭބަލް ޓެނިސް އަމްޕަޔަރުން ގިންތި ކޮށްފައިވަނީ ތިން ލެވަލަކަށެވެ. އެ ގޮތުން، ފުރަތަމަ ވައިޓް ބެޖް ދިނުމަށް ފަހު، ދެން އިން ލެވަލަކީ، ބްލޫ ބެޖް އެވެ. ދެން، އެންމެ މަތީ ފަންތި އަށް ގޯލްޑް ބެޖް ދެ އެވެ. ގޯލްޑް ބެޖް ތައާރަފްކޮށްފައިވަނީ މީގެ އެއް އަހަރު ކުރިންނެވެ.

އައްޒާމް އަމްޕަޔަރުކަން ކޮށްފައިވާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ބަލާއިރު، 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްްސް (އައިއޯއައިޖީ)، 2017 ވަނަ އަހަރު ޗައިނާގައި ބޭއްވި ސީ މާސްޓާ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް، ދެކުނު ކޮރެއާގައި 2017 ވަަނަ އަހަރު ބޭއްވި އޭޝިއާގެ ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް، 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް، 2019 ވަނަ އަހަރު އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް، 2021 ވަނަ އަހަރު ގަތަރުގައި ބޭއްވި އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް ހިމެނެ އެވެ.

އޭގެ އިތުރުން، ލާއޯސްގައި 2022 ވަނަ އަހަރު ބޭއްވި އޭޝިއާގެ ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް، 2023 ވަނަ އަހަރު މަަޑަގަސްކަރާގައި ބޭއްވި އައިއޯއައިޖީ، 2023 ވަނަ އަހަރު ހަންޒޫގައި ބޭއްވި އޭޝިއަން ގޭމްސް، މިދިޔަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އިތުރުން، މިދިޔަ އަހަރު ކަޒަކްސްތާންގައި ބޭއްވި އޭޝިއާގެ ޓީޓީ މުބާރާތުގައި ވެސް އައްޒާމް ވަނީ އަމްޕަޔަރުކަން ކޮށްފަ އެވެ. އެ ގޮތުން، ކަޒަކްސްތާނުގެ އަސްތާނާގައި ބޭއްވި މުބާރާތަކީ، އައްޒާމް، ބްލޫ ބެޖް ހާސިލްކުރުމަށް މުހިންމު ކަންތައްތަކެއް ހާސިލްކުރި މުބާރާތެކެވެ.

މި އަހަރު ނޭޕާލުގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓީޓީ ޗެމްޕިއަންޝިޕްގައި ވެސް އަމްޕަޔަރުކަން ކުރި އައްޒާމް އަށް ބްލޫ ބެޖް ލިބިގެންދިޔައީ، މި އަހަރުގެ ޖޫން މަހު އުޒްބެކިސްތާންގައި ބޭއްވި އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރަނގަޅު ކުރިއެރުންތަކެއް ހޯދައިގެންނެވެ. އަދި، ބްލޫ ބެޖް ހާސިލްކުރުމުގެ އިވެލުއޭޝަންގެ ތެރެއިން، ސެޕްޓެމްބަރު މަހު ތައިލެންޑްގައި ބޭއްވި ޔޫތު ކޮންޓެންޑާ މުބާރާތުގައި ވެސް ކުރިއެރުންތަކެއް ހޯދާފައިވެ އެވެ. އޭނާ ވަނީ މި މަހު އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދިޔަ އޭޝިއާގެ ޓީޓީ މުބާރާތުގައި ވެސް މަސައްކަތްކޮށްފަ އެެެވެ.

ޓީޓީގެ މުބާރާތް ހިންގުމުގެ ކޯހެއްގެ ވެސް ތަޖުރިބާ ހުރި އައްޒާމް ވަނީ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން އިންތިޒާމްކުރި އެޑްވާންސް އަމްޕަޔަރު ޓްރެއިނިން ކޯސްތައް ޗައިނާ، ލާއޯސް އަދި އިންޑޮނޭޝިއާގައި ފުރިހަމަކޮށްފަ އެވެ.

މުބާރާތުގެ ރެފްރީއެއްގެ ގޮތުގައި އައްޒާމް ވަނީ، މާލޭގައި ބޭއްވި އިންޓަނޭޝަނަލް ދެ މުބާރާތެއްގައި މަސައްކަތްކޮށްފަ އެވެ. އެ ގޮތުން، މާލޭގައި 2018 އާއި 2022 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕްގެ ޑެޕިއުޓީ ރެފްރީ އަކަށް ހުރި އެެވެ.

ގައުމީ ޓީޓީ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފައިވާ އައްޒާމް ވަނީ 2006 އިން ފެށިގެން 2008 ވަނަ އަހަރު ޓީޓީ އެސޯސިއޭޝަނުގެ ފުރަތަމަ އިންތިހާބާ ހަމައަށް ދިޔައިރު، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި އެކްޓިން ޖެނެރަލް ސެކްރެޓަރީއެއްގެ މަގާމު އަދާކޮށްފަ އެވެ. އަދި، އޭނާ އަކީ، މިދިޔަ ދެ ދައުރުގައި ވެސް ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox