ރަހަ ބަލައިފިންތަ؟ މިއީ ބާލީ ކިޗެން ނޫޑްލްސް

Apr 24, 2022, 3:27 AM
ރަހަ ބަލައިފިންތަ؟ މިއީ ބާލީ ކިޗެން ނޫޑްލްސް

ނޫޑްލްސްގެ ވާހަކަ ދައްކާއިރު ލިސްޓްގެ ކުރިއަށް އިންޑޮނީޝިއާ ނައިހެއް ނުދާނެ އެވެ. އެއީ ދެވަނަ އަށް އެންމެ ގިނައިން ނޫޑްލްސް ބޭނުންކުރާ ގައުމެވެ. އެއްވަނައިގައި އޮތީ އާބާދީ އެންމެ ބޮޑު ޗައިނާ އެވެ.

ދިގު ތާރިހަކާ ގުޅިފައިވާ ނޫޑްލްސްގެ ނުފޫޒު އޭޝިއާގެ ގައުމުތަކުން ފެށިގެން ދުނިޔޭގެ ހުރިހާ ބިތަކަށް ވަނީ ފޯރައިފަ އެވެ. ނަމަވެސް އެންމެ ވަރުގަދައީ، ޗައިނާގެ އިތުރުން އާޝިއާން ގައުމުތަކުގަ އެވެ. ކޮންމެ ގައުމެއްގައި ވެސް އެ ބައެއްގެ އަމިއްލަ ސްޓައިލެއްގައި ނޫޑްލްސްގެ ކެއުންތައް އެކި ނަން ނަމުގައި، އެކި ރަހަތަކުގައި ތައްޔާރުކުރެ އެވެ.

ޖަޒީރާ މި ރާއްޖެ އަށް ވެސް ނޫޑްލްސްގެ ރަހައިގެ ނުފޫޒު ފޯރާފައިވާއިރު، އާބާދީ ކިތަންމެ މަދު ވިޔަސް ނޫޑްލްސް ބޭނުންކުރާ މިންވަރު ނިސްބަތުން މައްޗަށް ދިޔަ އެވެ. ބާޒާރުން ކުރިން ލިބެނީ މަދު ބްރޭންޑެކެވެ. ނަމަވެސް ނޫޑްލްސްގެ ޑިމާންޑް މަތިވެ، ނަން ހުސްނުވާ ވަރަށް ބްރޭންޑްތައް މިހާރު ގިނަވެއްޖެ އެވެ.

ރާއްޖެއަށް އެތެރެކުރާ ގިނަ ނޫޑްލްސް އަކީ އިންޑޮނީޝިއާގެ އުފެއްދުމެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ، ސަނީ އެންޓަޕްރައިޒަސްއިން ތައާރަފުކުރި "ބާލީ ކިޗެން" ނޫޑްލްސް އެވެ.

ނޫޑްލްސްއޭ ބުނުމުން ހިތަށް އަރައިގެން ދާނީ ނޫޑްލްސް ވިއްޔާ މާބޮޑު ތަފާތެއް ނުހުންނާނެ ކަމެވެ. އެއީ ކުށްހީއެއް ކަމާއި ހަގީގަތެއް ނޫންކަން، ބާލީ ކިޗެން މުޖައްރިބުކޮށްދެނީ، އޭގެ ރަހަ އާއި އުފައްދާފައިވާ ގޮތުންނެވެ.

ތައްޔާރީ ބައެއް ކާނާ އުފައްދާއިރު، ރަހަ ގެނައުމަށްޓަކައި އެމްއެސްޖީ (މޮނޮސޯޑިއަމް ގްލަޓަމޭޓް) ނުވަތަ އެޑިޑިވް ކޯޑް ނަންބަރު 621 އާޓިފިޝަލް މާއްދާއެއް އެއްކުރެ އެވެ. ބާލީ ކިޗެންގެ ޕެކެޓްގެ ބޭރު ބަލާލުމުން، "ނޯ އެމްއެސްޖީ އެޑެޑް" ލިޔެފައިވާނެ އެވެ. އެ ބުނެދަނީ މި ނޫޑްލްސް އަށް ރަހަ ގެނައުމަށްޓަކައި އާޓިފިޝަލް އެއްވެސް މާއްދާއެއް އެއްކޮށްފައި ނެތް ކަމެވެ. ހަމައެކަނި މިއެއް ނޫނެވެ. އާޓިފިޝަލް ކުލައެއް ވެސް މި ނޫޑްލްސް ތައްޔާރުކުރުމުގައި ބޭނުމެއް ނުކުރެ އެވެ.

"ހަގީގަތުގައި މިއީ އާންމުކޮށް ހުންނަ ނޫޑްލްސްއަށް ވުރެ ސިއްހަތަށް ފައިދާހުރި ނޫޑްލްސްއެއް. އެހެންވެ އަޅުގަނޑުމެން މި ތައާރަފުކުރީ ވެސް،" ސަނީ އެންޓަޕްރައިޒަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

މި ނޫޑްލްސްގެ 30 ޕެކެޓްގެ ކޭހެއްގެ ހޯލްސޭލްކުރާ އަގަކީ 175ރ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox