އެމްއައިބީގެ 15 އަހަރު: އިސްލާމީ އުސޫލާއި ޒަމާނީ ހިދުމަތާއެކު ބޮޑެތި ކާމިޔާބުތަކެއް

Mar 7, 2026, 8:55 AM
އެމްއައިބީގެ މައި އިމާރާތް

އެމްއައިބީގެ މައި އިމާރާތް

ދިވެހިރާއްޖޭގެ މާލީ ދާއިރާ މިއަދު ދެކެމުންދާ ޒަމާނީ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި އޮތީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. 2011 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުރިހަމަ އިސްލާމިކް ބޭންކެއްގެ ގޮތުގައި ހިދުމަތް ދޭން ފެށި އެމްއައިބީން މިއަދު ފާހަގަކުރަމުންދަނީ ކާމިޔާބު 15 އަހަރެވެ. މިއީ ހަމައެކަނި ބޭންކެއްގެ ދަތުރެއް ނޫނެވެ؛ އެމްއައިބީއަކީ، ދިވެހިންގެ އިގްތިސާދާއި ވިޔަފާރިތަކަށް ދިރުން ގެނެސް އަދި ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގެ ބައިވެރިޔެކެވެ.

އެ ބޭންކު ތަސައްވުރަކީ ރާއްޖޭގެ އިސްލާމިކް ބޭންކިންގް ދާއިރާގެ ލީޑަރަށް ވުމާއި، ކަސްޓަމަރުން އެންމެ ބޭނުންވާ މާލީ ބައިވެރިޔާއަށް ވުމެވެ. މި 15 އަހަރުގެ ތެރޭގައި އެ ވަނީ މި ތަސައްވުރު ހަގީގަތަކަށް ހަދާފައެވެ.

"އެމްއައިބީއަށް ކަސްޓަމަރުން ކުރި އިތުބާރާއި، ބޭންކުން ކަސްޓަމަރުންގެ އަޑު އަހައި، އެއާ އެއްގޮތައް އެ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެމްއައިބީން މިވަނީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިވެރިންނާއި، ވިޔަފާރިތަކަށް އިތުބާރު ހިފޭ މާލީ ބައިވެރިއަކަށް ވެގެން ގޮސްފަ،" އެމްއައިބީން ބުންޏެވެ.

އެމްއައިބީ ހުޅުވައިދެއްވީ އޭރުގެ ރައީސް މުހައްމަދު ނަޝީދު
އެމްއައިބީ ހުޅުވައިދެއްވީ އޭރުގެ ރައީސް މުހައްމަދު ނަޝީދު

އެމްއައިބީ ހުޅުވައިދެއްވީ އޭރުގެ ރައީސް މުހައްމަދު ނަޝީދު

އެންމެ 10 މިލިއަން ޑޮލަރުގެ ރައުސްމާލަކުން ފެށި ބޭންކު، މިއަދު 1 ބިލިއަން ޑޮލަރުގެ މާލީ މުއައްސަސާއަކަށް ބަދަލުވުމަކީ ބޭންކުގެ މިސްރާބު ރަނގަޅުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ބޭންކުގެ މިޝަން ބިނާވެފައިވަނީ ޝަރީއާ ހުއްދަކުރާ މާލީ އުފެއްދުންތަކާއި ހިދުމަތްތައް އިތުބާރާއެކު ފޯރުކޮށްދިނުމުގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް އަމާޒުތަކަކީ؛ އިސްލާމީ މާލީ ނިޒާމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވައި، އެ ނިޒާމުގެ ފައިދާ އެންމެނަށް ލިއްބައިދިނުމެވެ. އޭގެ އިތުރުން ކަސްޓަމަރުންގެ އަޑުއަހައި، އެމީހުން ބޭނުންވާ ފަދަ ލުއިފަސޭހަ ހިދުމަތްތައް ފަރުމާކުރުމާއި 'ފައިސާމޮބައިލް' އާއި 'އުޖާލާނައު' ފަދަ ޕޯޓަލްތައް މެދުވެރިކޮށް، ބޭންކިން ހިދުމަތް ކޮންމެ ތާކު ހުރެގެންވެސް ލިބޭނެ ގޮތް ހެދުމެވެ.

"ފައިސާ އޭޓީއެމްއާ، ފައިސާ ކާޑު އަދި ޕީއޯއެސްގެ ހިދުމަތްތަކާއެކު އެމްއައިބީން ފެށި މި ދަތުރު އިތުރަށް ފުރިހަމަވެގެން ދިޔައީ އިންޓަނެޓް ބޭންކިން (ފައިސާނެޓް) އަދި މޮބައިލް ބޭންކިން (ފައިސާމޮބައިލް) ފަދަ ހިދުމަތްތައް ތައާރަފުކޮށް އެ ހިދުމަތްތައް ޒަމާނާ އެއްހަމަ ކުރުމަށް ފެށި މަސައްކަތުންނެވެ.

އެމްއައިބީން ހިއްސާ ވިއްކަން ފެށުމަކީ އެ ބޭންކުގެ ކާމިޔާބީގެ އެއް ހަރުފަތް
އެމްއައިބީން ހިއްސާ ވިއްކަން ފެށުމަކީ އެ ބޭންކުގެ ކާމިޔާބީގެ އެއް ހަރުފަތް

އެމްއައިބީން ހިއްސާ ވިއްކަން ފެށުމަކީ އެ ބޭންކުގެ ކާމިޔާބީގެ އެއް ހަރުފަތް

ވޭތުވެދިޔަ އަހަރުތަކުގައި އެމްއައިބީން ވަނީ ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ، އޭގެ ތެރޭގައި 2019 ވަނަ އަހަރު ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުވެ، ދިވެހި ރައްޔިތުންނަށް ބޭންކުގެ ހިއްސާދާރުންނަށް ވުމުގެ ފުރުސަތު ހުޅުވާލުން ހިމެނެ އެވެ.

އަތޮޅުތެރޭގެ ބޮޑެތި އާބާދީތަކަށް ހިދުމަތް ފުޅާކުރިއިރު، ހަމައެއާއެކު ޑިޖިޓަލް ބަދަލުތަކާއެކު 'އިންސްޓަންޓް އެކައުންޓް އޯޕަނިން' ފަދަ ހިދުމަތްތަކުން ބޭންކަށް ދާންޖެހޭ ދިއުން ވެސް ވަނީ މަދުކޮށްފަ އެވެ. އަދި 'ފައިސާ ވެއަރ' ފަދަ އާދަޔާ ހިލާފު އުފެއްދުންތަކާއެކު، ބޭންކިންގްއަކީ ފަސޭހަ އަދި "ސްޓައިލިޝް" ކަމަކަށް ހެދައިފަ އެވެ.

އެމްއައިބީގެ އަމާޒަކީ ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫނެވެ. އިޖުތިމާއީ ޒިންމާތައް ވެސް ފުރިހަމަ ގޮތުގައި ދަނީ އަދާކުރަމުންނެވެ. "ހަކަތަރި" ފައިނޭންސިން މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ހިތްވަރު ދިނުމާއި، "ބިންގާ" އެކައުންޓުން ކުޑަކުދިންގެ މުސްތަގުބަލަށް އިންވެސްޓްކުރުމަކީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ބައެކެވެ.

މިދިޔަ އަހަރުގެ ގެސްޓުހައުސް ސިމްޕޯޒިއަމްގައި އެމްއައިބީގެ އެމްޑީ ވާހަކަ ދައްކަވަނީ
މިދިޔަ އަހަރުގެ ގެސްޓުހައުސް ސިމްޕޯޒިއަމްގައި އެމްއައިބީގެ އެމްޑީ ވާހަކަ ދައްކަވަނީ

މިދިޔަ އަހަރުގެ ގެސްޓުހައުސް ސިމްޕޯޒިއަމްގައި އެމްއައިބީގެ އެމްޑީ ވާހަކަ ދައްކަވަނީ

މީގެ އިތުރުން ގެސްޓުހައުސް އިމްޕޯޒިއަމް ބާއްވައި، މި އަހަރު ގެސްޓުހައުސްތަކަށް ހާއްސަ އެވޯޑެއް ދޭން ފެށުމަކީ ތަރައްގީ ވަމުން އަންނަ ރާއްޖޭގެ އިގުތިސާދުގެ އެންމެ މައި ސިނާއަތުގެ ދިރުމަށް އެމްއައިބީ ދޭ ސަމާލުކަމެވެ.

ފާއިތުވި އަހަރުތަކުގައި އެމްއައިބީން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށެވެ. މިއަދު ބޭންކަށް ނުގޮސް، ގޭގައި ތިބެގެން ކޮންމެ މީހަކަށްވެސް އެމްއައިބީގެ ފުރިހަމަ ހިދުމަތްތައް ހޯދާލެވޭނެއެވެ.

ކިޔޫގައި މަޑުކުރުމުގެ ބަދަލުގައި، އަމިއްލައަށް ގޭގައި އިނދެގެން "އިންސްޓަންޓް އެކައުންޓް" ހުޅުވާލުމުގެ ފުރުސަތު މިހާރު ލިބެ އެވެ. ފުލީ ޑިޖިޓަލްކޮށް ބިޒްނަސް އެކައުންޓް ހުޅުވުމާއި، މުވައްޒަފުންގެ މުސާރަ ޖަމާކުރުން ފަދަ ކަންކަން އޮންލައިންކޮށް ނިންމާލޭނެ އެވެ.

އެމްއައިބީގެ ގިނަ އިސްމަގާމުތަކުގައި ތިއްބެވީ ދިވެހިން
އެމްއައިބީގެ ގިނަ އިސްމަގާމުތަކުގައި ތިއްބެވީ ދިވެހިން

އެމްއައިބީގެ ގިނަ އިސްމަގާމުތަކުގައި ތިއްބެވީ ދިވެހިން

އެމްއައިބީއެގެ އެޕަކީ ނުލާހިކު ފަސޭހަ އެޕެކެވެ. އަދި އުޖާލާނައު އަދި އެޕްލައި ނައުއަކީ ފައިނޭންސިންގްއަށް އެދި ހުށަހެޅުމާއި، ލިޔެކިޔުންތައް ފޮނުވުން މިހާރު މިވަނީ އެންމެ "ކްލިކް" އެއްގެ ދުރުމިނުގައެވެ. މި ކާމިޔާބީތައް ގެނައުމުގައި އެމްއައިބީގެ ބޯޑާއި މެނޭޖިން ޑިރެކްޓަރު އަދި އޭނާގެ ދަށުން އޮތް ދިވެހިންގެ ޓީމުގެ ގާބިލްކަން ވެސް މުހިއްމު ދައުރެއް އަދާކުރި އެވެ.

ފާއިތުވި 15 އަހަރުގެ މި ދިގު ދަތުރުގައި އެމްއައިބީން ސާބިތުކޮށްދިނީ، އިސްލާމީ އުސޫލުތަކަކީ ޒަމާނީ ތަރައްގީގެ އެންމެ ވަރުގަދަ ބައިވެރިޔާ ކަމެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމްއައިބީ އޮންނާނީ ކަސްޓަމަރުންގެ އަޑުއަހާ، ގައުމީ އިގްތިސާދަށް އާ ދިރުމެއް ގެނެސްދޭނެ އެންމެންގެ ބޭންކެއްގެ ގޮތުގައި ކަމާއި އާ ހިދުމަތްތައް ފެންނާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox