ރާއްޖެއަށް ހައްޖު ކޯޓާ ލިބުނު އަދަދު މައްކާއިން އަދި ނާންގާ

ގެފުޅު ކައިރި ބަޔަކު އަޅުކަން ކުރަނީ: މިފަހަރު އެއް މިލިއަން މީހުން ހައްޖަށް ދިޔުމަށް ސައުދީ އަރަބިއްޔާއިން ވަނީ ހުއްދަ ދީފައި -- ފޮޓޯ: ކާބަ އޮފިޝަލް

ގެފުޅު ކައިރި ބަޔަކު އަޅުކަން ކުރަނީ: މިފަހަރު އެއް މިލިއަން މީހުން ހައްޖަށް ދިޔުމަށް ސައުދީ އަރަބިއްޔާއިން ވަނީ ހުއްދަ ދީފައި -- ފޮޓޯ: ކާބަ އޮފިޝަލް

މިއަހަރު ހައްޖަށް ދިޔުމަށް ދިވެހިރާއްޖެއަށް ލިބުނީ އެންމެ 453 ކޯޓާ ކަމަށް ބައެއް ނޫސްތަކުން ބުނި ނަމަވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އެކަން އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖެއިން ހައްޖަށް ދާން މިފަހަރު ލިބުނީ 453 މީހުންނަށް ކަމަށް މީޑިއާގައި ރިޕޯޓް ކުރީ "ދި ހޮލީ މޮސްކްސް" ގެ ނަމުގައި ހިންގާ ނުރަސްމީ ޓުވިޓާ އެކައުންޓަކާ ހަވާލާދިނުމަށްފަހު އެވެ. ނަމަވެސް މި ނޫހާ ވާހަކަ ދައްކަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އަފްރާހު އިސްމާއިލް ވިދާޅުވީ މީޑިއާއިން ރިޕޯޓް ކުރީ ސައްހަ އަދަދެއްކަން އަދި ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ނުލިބޭ. އެ މައުލޫމާތު ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން އެ މައުލޫމާތު އާންމުންނާ ހިއްސާ ކުރާނަން،" އަފްރާހު ވިދާޅުވި އެވެ.

ހައްޖު ދުވަސް އަންނަ ގާތްގަނޑަކަށް ދެ މަސް ދުވަހަށްވެފައިވާއިރު މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު 2020 ވަނަ އަހަރުގެ ހައްޖު ކެންސަލް ކުރިފަހުން ދުނިޔެއަށް ހުޅުވާލައިގެން ގެފުޅަށް ޒިޔާރަތް ކުރުމަށް ލިބޭ ފުރަތަމަ ފުރުސަތެވެ.

މިދިޔަ އަހަރުގެ ހައްޖުގައި ބައިވެރިވެވުނީ ހަމައެކަނި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖަހާފައި ތިބި ސައުދީ އަރަބިއްޔާގެ 60،000 މީހުންނަށެވެ. އެ ނޫނީ ކޮންމެ އަހަރު ވެސް ގާތްގަނޑަކަށް 2.5 މިލިއަން މީހުން ގެފުޅަށް ޒިޔާރަތް ކުރެ އެވެ.

މިފަހަރު ހައްޖަށް އެއް މިލިއަން މީހުންނަށް ސައުދީ އަރަބިއްޔާއިން ވަނީ ހުއްދަ ދީފަ އެވެ. އެކަމަކު މިފަހަރު ވެސް ހައްޖަށް ދެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި ސައުދީ އަރަބިއްޔާއަށް ފުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ވެސް ހަދަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox