ފަނޑިޔާރުންނަށް އިންޒާރުދިނުމުން ރިޒާ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީން ފުލުހުންނަށް ހުށަހަޅައިފި

އައްބާސް އާދިލް ރިޒާ: ފަނޑިޔާރަށް އަނިޔާ ކުރުމަށް ގޮވާލީ ސޯޝަލް މީޑިއާގައި -- ފޮޓޯ: ރައީސް އޮފީސް

އައްބާސް އާދިލް ރިޒާ: ފަނޑިޔާރަށް އަނިޔާ ކުރުމަށް ގޮވާލީ ސޯޝަލް މީޑިއާގައި -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ގެކޮޅު, "ދޫވެހި" އަދި ޕީޕީއެމް އޮފީހުގައި ނަގާފައި ހުރި "އިންޑިއާ އައުޓް"ގެ ބޮޑު ބެނާ ނެގުމަށް ފުލުހުން އެ ދެ ގެއަށް ވަނުމުގެ ހުއްދައާއެކު ކޯޓު އަމުރު ނެރުއްވި ފަނޑިޔާރަށް އިންޒާރު ދިން މައްސަލަ ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފަނޑިޔާރު ގަން ހިންގުވުމަށް ގޮވާލައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނަކަށް ހުންނެވި އައްބާސް އާދިލް ޓުވިޓާގައި ލިޔުނު މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ޖޭއެސްސީން މި ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.

ޖޭއެސްސީގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިއިރު، ފަނޑިޔާރުންނަށް ދޭ އެފަދަ އިންޒާރުތަކަކީ ކުޑަ ކަމެއް ނޫން ކަމަށް ޖޭއެސްސީގެ މެންބަރު އަބްދުލްމާނިއު ހުސެއިން އޮތީ ވިދާޅުވެފަ އެވެ. އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރުމަށް އޭނާ ވެސް ވަނީ ގޮވާލައިފަ އެވެ.

އިއްޔެ ފަތިހުގެ ވަގުތުގައި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ނެރެދެއްވީ ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހެވެ. އެ އަމުރުގެ ދަށުން ޔާމީންގެ ގެކޮޅާއި ޕީޕީއެމް އޮފީހުގައި ނަގާފައި ހުރި ބޮޑު ދެ ބެނާ ފުލުހުން ނެގި އެވެ.

އެކަމާ ގުޅިގެން އިދިކޮޅު, ޕީޕީއެމްގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށް, ޔާމީންގެ ވެރިކަމުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަން ކުރެއްވި އައްބާސް އާދިލް ރިޒާ ކުރެއްވި ޓުވީޓުގައި ގޮވާލާފައި އޮތީ އާންމުން ނިކުމެ ފަނޑިޔާރު މިސްބާހަށް އަނިޔާ ކުރުމަށެވެ.

އައްބާސް އާދިލް ރިޒާއަކީ އިންޑިއާ ކުންފުނި ޖީއެމްއާރު އަތުން އެއާޕޯޓު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި އެކަކެވެ. އޭނާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރީ ޖީއެމްއާރުގެ މައްސަލައިގައި އޭރު ރާއްޖޭގައި ހުންނެވި އިންޑިއާ ސަފީރަށް އަމާޒުކޮށް ކުރި ތުހުމަތުތަކަކަށް ފަހު އެވެ.

އޭނާ ވަނީ 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ވެސް ލައިވް ޓީވީ ޕްރޮގްރާމެއްގައި ގޮވާލާފަ އެވެ. އެ މައްސަލަ ފުލުހުން ވަނީ ބަލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox