ޔާމީން ގޭގަ ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ނަޝީދު ފުލުހުންނަށް ގޮވާލައިފި

ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާ: އެ ބެނާ ފުލުހުން ނަގަންޖެހޭކަމަށް ނަޝީދު ވިދާޅުވި. -ފޮޓޯ: ޕީޕީއެމް

ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާ: އެ ބެނާ ފުލުހުން ނަގަންޖެހޭކަމަށް ނަޝީދު ވިދާޅުވި. -ފޮޓޯ: ޕީޕީއެމް

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ޔާމީން މިހާރު ދިރިއުޅުއްވަމުން ގެންދަވާ ބޮޑުުތަކުރުފާނު މަގުގައި ހުންނަ ހ. ދޫވެހީގައި އިއްޔެ ވަނީ އިންޑިއާ އައުޓްގެ ބިޔަ ބެނާއެއް ހަރުކޮށްފަ އެވެ. ޔާމީންގެ ގެކޮޅުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި އެފަދަ ބެނާތައް ހަރުކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ޖަރީމާތައް ހިންގާ ކަމަށް ބުނެ ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

Advertisement

ނަމަވެސް، މަޖިލީހުގެ ގަވައިދާ އެއް ގޮތަށް އެއީ ކުއްލި މައްސަލައަކަށް ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ މަޖިލީހުގައި ބަހުސްކުރަން ވެސް ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގައި ނަސްލުތަކާއި ދީންތައް އެއް މަސްލަހަތަކަށް ގެނައުމަށް މަސައްކަތް ކުރާތާ 500 އެއްހާ އަހަރު ވެއްޖެ އެވެ.

"މިއަދު ކުއްލިއަކަށް އަޅުގަނޑުމެން އަވައްޓެރި ގައުމުތަކުގެ ދާހިލީ ކަންކަމާ ގުޅޭގޮތުން މި މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތު ދޭކަށް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެކަމަކީ މަޖިލީހުގެ ގަވައިދު ވެސް އަދި ޑިމޮކްރެޓިކް އުސޫލުތައް ވެސް ތަންދޭކަމެއް ނޫން ކަމަށެވެ.

އެއަށްފަހު ނަޝީދު ވަނީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނަށާއި ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާއަށް ނުސީދާކޮށް އިޝާރާތް ކުރައްވައިފަ އެވެ.

"މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވައްޓެރި ގައުމުތަކާގުޅޭ ގޮތުން ބަދު ބަސް ބުނެ، ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުގޫބާތާ ހިލާފުކަމެއް. އާންމު މަސްލަހަތާ ހިލާފުކަމެއް. އެތަކެތި އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުން ވަގުތުން ވަގުތަށް ނަގާންޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅުގެ އެ ކެމްޕޭނާ މެދު ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ.

"އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ނަޝީދު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އަންނަނީ ބަލަމުންނެވެ.

އެ ކޮމިޓީއަށް މިހާތަނަށް ކަމާގުޅޭ ގިނަ މުއައްސަސާތަކެއް ހާޒިރުކޮށްފައިވާއިރު، އެ ކެމްޕޭނުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ވާނެކަމަށް އެ މުއައްސަސާތަކުން ވަނީ ބުނެފަ އެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.

ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox