ހުލާސާކޮށް އިއްޔެ: އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓު ހާމަކުރާނެ ކަމަށް ނަޝީދު ވިދާޅުވުން

ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަދަދު

ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަދަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާ ގުޅޭ ރިޕޯޓު އެބައޮތް ކަމަށާއި "އޮޅުން އަރާ ކަމަށް ވާނަމަ" އެ ރިޕޯޓު ހިއްސާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.

އެމްޑީޕީގެ ސަރުކާރެއްގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން ތިބި ކަމަށް ބުނެ ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި، އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުތަކުން މިހާތަނަށް އެކަށީގެންވާ ނަތީޖާ ނެރެވިފައި ނުވާތީ ވެސް ނަޝީދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.

އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިމެނޭހެން ދައުލަތުން ހިންގާފައިވާ ކޮރަޕްޝަންތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި އެސެޓު ރިކަވަރީ ކޮމިޝަނުން "ވަރަށް ރަނގަޅު މަސައްކަތްތަކެއް" ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

"އޭގައި ހުރީ ދެން އިތުރަށް ތަހުގީގުކުރަން ވި މީހުންނާއި އަދި ޝަރީއަތަށް ފޮނުވަންވީ މައްސަލަތައް،" އެ ރިޕޯޓާ ގުޅޭގޮތުން ނަޝީދު އިއްޔެ ވިދާޅުވި އެވެ.

އަދި، އެމްޑީޕީގެ މެމްބަރުންނަށް އެ މައްސަލައާ ގުޅޭގޮތުން އޮޅުންތައް އަރާނަމަ އެކަން ސާފުކޮށްދިނުމަށް ރިޕޯޓު ހިއްސާކުރައްވާނެ ކަމަށް ވެސް ނަޝީދު އިއްޔެ ވިދާޅުވި އެވެ. އެއީ، ރައީސް ސޯލިހުއަށް އެސެޓު ރިކަވަރީ ކޮމިޝަނުން ހުށަހެޅި ރިޕޯޓު ކަމަށް ވެސް ނަޝީދު އިއްޔެ ވިދާޅުވި އެވެ.

"އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންނަށް، މަޖިލިސް މެޖޯރިޓީ ޕާޓީއަށް މިހާ ބޮޑު އޮޅުމެއް އަރާނަމަ ގައުމީ މަޖިލިސް އިން މިކަމުގައި އިސްނަގަން ފެނޭ،" އިއްޔެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު އިއްޔެ ވިދާޅުވެފައިވާ ރިޕޯޓުގެ އިތުރުން ފުލުހުންނާއި، އޭސީސީ އަދި އެސެޓު ރިކަވަރީ ކޮމިޝަން ގުޅިގެން އެކުލަވާލި ރިޕޯޓެއް މަޖިލީހުން އާންމުކުރި އެވެ. އަދި، އެ ލިސްޓު މެއި 12، 2021 ގައި ރައްޔިތުންގެ މަޖިލީހުން އާންމުކުރި އެވެ.

އެސެޓު ރިކަވަރީ ކޮމިޝަނުން އެކުވާލި ރިޕޯޓު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރުސީ މައްސަލާގައި އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައި ނުވަނިކޮށް މިދިޔަ މާޗް 17، ގައި ވަނީ އެސެޓު ރިކަވަރީ ކޮމިޝަން އުވާލާފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)ގެ މައްސަލަތައް ނިމެންދެން އޭނާގެ ވާހަކަ ނުދެއްކުމަށް ދައުލަތުގެ ވެރިންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަހުޖޫބު ޝުޖާއު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަނުކުރީ އިއްޔެ އެވެ.
  • ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެލިވަރާއި ކޫއްޑޫގެ އަޕްގްރޭޑިން މަސައްކަތްތައް އެންމެ އަވަހަށް ވެސް ނިމޭނީ އަންނަ އަހަރުގެ ފަހު ކުއާޓަރަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ "އަދަދު" ގެ "ކުޅިކޮށް" ޕްރޮގްރާމްގައި ވިދާޅުވީ:

"އަޅުގަނޑު ވަރަށް މިނިވަން ވާނެ، އަޅުގަނޑަކީ ޒާތެއްގެ ޕްރޮޖެކްޓްއެއްގައި ތާށިވެފައި ހުރި މީހެއް ނޫން، ލޯނެއްގައި ޖެހިގެން ތާށިވެފައި ހުރި މީހެއް ނޫން، އަޅުގަނޑު އެހެން މީހަކަށް ބަރޯސާވާން ޖެހޭ ކަމެއް ނޯންނާނެ،"

ދުވަހުގެ ފޮޓޯ

މާލޭގެ މަސް މާރުކޭޓުގައި މަސް ކެނޑުމުގެ މަސައްކަތް މީހަކު ކުރަނީ. ރޯދަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަހުގެ އަގު ބޮޑުވުމަށްފަހު ރާއްޖެއަށް މަސްވެރިކަން ރަނގަޅުވުމާއެކު މަހުގެ އަގުތައް ވަނީ ރަނގަޅުވެފައި. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް މާރުކޭޓުން މަސް ގަންނަން ދޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މާލޭގެ މަސް މާރުކޭޓުގައި މަސް ކެނޑުމުގެ މަސައްކަތް މީހަކު ކުރަނީ. ރޯދަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަހުގެ އަގު ބޮޑުވުމަށްފަހު ރާއްޖެއަށް މަސްވެރިކަން ރަނގަޅުވުމާއެކު މަހުގެ އަގުތައް ވަނީ ރަނގަޅުވެފައި. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް މާރުކޭޓުން މަސް ގަންނަން ދޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގެ މަސް މާރުކޭޓުގައި މަސް ކެނޑުމުގެ މަސައްކަތް މީހަކު ކުރަނީ. ރޯދަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަހުގެ އަގު ބޮޑުވުމަށްފަހު ރާއްޖެއަށް މަސްވެރިކަން ރަނގަޅުވުމާއެކު މަހުގެ އަގުތައް ވަނީ ރަނގަޅުވެފައި. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް މާރުކޭޓުން މަސް ގަންނަން ދޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ސަޕޯޓު ޓު މޯލްޑިވްސް އޮން ކައުންޓާ ޓެރަރިޒަމް"

މިއީ ރާއްޖެއިން ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ލިބެމުންދާ އެހީތަކާ ގުޅޭގޮތުން ޔޫއެންއޯޑީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓު ތައްޔާރުކުރީ އިންޓަޕޯލްގެ ވެސް އެހީތެރިކަމާއެކު އެވެ. މި ރިޕޯޓުގައި ވަނީ ޓެރަރިޒަމްގެ މައްސަލަތަކުގެ ތަހުގީގުތައް ރަނގަޅަށް ކުރިއަށް ގެންގޮސް ޝަރީއަތުން އަދަބު ކަނޑައެޅުމަށް އަމަލުކުރެވިދާނެ ގޮތްތައް ހިމަނާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox