ސިޓީ ކައުންސިލުގެ ޒިންމާތަކެއް އައުޓްސޯސްކުރަނީ، ހަރަދުތަކުގެ ތަފްސީލެއް ނުދިން

މާލެ ސިޓީ ކައުންސިލްގ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ސިޓީ ކައުންސިލަސް މުވައްޒަފުން ނެގުމުގައި ސިވިލް ސާވިސްއިން ދަތިކުރާކަމަށް މޭޔަރު ވަނީ ވިދާޅުވެފަ. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާލެ ސިޓީ ކައުންސިލްގ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ސިޓީ ކައުންސިލަސް މުވައްޒަފުން ނެގުމުގައި ސިވިލް ސާވިސްއިން ދަތިކުރާކަމަށް މޭޔަރު ވަނީ ވިދާޅުވެފަ. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާލެ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތާއި ސަހަރާތައް ސާފުކުރުމުގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުން ހިމެނޭހެން ސިޓީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ ހަ މަސައްކަތްތަކެއް އައުޓްސޯސްކުރަން މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތްތައް އައުޓްސޯސްކުރުމަށް ޓަކައި މާލޭ ސިޓީކައުންސިލުން ހަރަދުކުރަން ނިންމާފައިވާ އަދަދުތައް އާންމުކުރަން އެ ކައުންސިލުން ދެކޮޅު ހެދި އެވެ.

މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކުރި ހަ އިއުލާނެއްގައި އޮތް ގިނަ މަސައްކަތްތަކަކީ ފަންނީ ލަފައަށް ބޭނުމެއް ނުވާ، ހަމައެކަނި ސުޕަވިޝަން އަދި މޮނިޓާކުރުން އެކަނި ހިމެނޭ މަސައްކަތްތަކެކެވެ.

އެއީ:

  • މާލެ/ހުޅުމާލެ/ވިލިމާލެ ސަހަރާތައް ސާފުކުރުމުގެ މަސައްކަތް މޮނިޓާކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް.
  • މާލޭގައި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތް ސުޕަވައިޒްކޮށްދޭނެ ފަރާތެއް ހޯދުމަށް.
  • ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތް ސުޕަވައިޒްކޮށް އެ އިދާރާއަށް ރިޕޯޓްކޮށްދޭނެ ފަރާތެއް ހޯދުމަށް.
  • މާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް މޮނިޓާކޮށް ބަލަހައްޓަދޭނެ ފަރާތްތަކެއް ހޯދުމަށް.
  • ހުޅުމާލެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް މޮނިޓާކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް.
  • ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔައް ދިނުމާ ބެހޭ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް.

އެ މަސައްކަތްތަކަށް ޝައުގުވެރިވާ ކުންފުނިތަކާއި ފަރުދުން އަދި ޕާޓްނާޝިޕްތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އިއުލާނުތަކުގައި ބުންޏެވެ. އެ މަސައްކަތްތަކަށް ހޮވޭ ކުންފުނިތަކަށް ނުވަތަ ފަރުދުންނަށް ދޭން ކަނޑައަޅާފައިވާ އަގުތަކުގެ ތަފްސީލު ހޯދަން "އަދަދު"ން ސުވާލުކުރުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މައުލޫމާތު ސިޓީ ކައުންސިލްގެ އެކަމާ ގުޅޭ ފަރާތްތަކުން ހޯދުމަށެެވެ.

ސިޓީ ކައުންސިލްގެ މީޑިއާ ޑިޕާޓްމެންޓާ ސުވާލުކުރުމުން، ސްޕޯކްސްޕާސަން މަރިޔަމް ޝިއުނާ ވިދާޅުވީ އެ މައުލޫމާތު ހާމަކުރަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެކަމަށް އެދި ފޯމު ހުށަހެޅުމުން ކަމަށެވެ.

އިއުލާންކުރި މަސައްކަތްތަކާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ، ގާތްގަނޑަކަށް 360 އަކަށް މުވައްޒަަފުން ގެންގުޅޭ މާލެ ސިޓީ ކައުންސިލްގައި މިހާރު ވެސް ސުޕަވައިޒްކުރުމާއި މޮނިޓާކުރުމަށް މުއައްޒަފުން މަދު ކަމަށެވެ. އަދި އެހެންކަމުން އެ މަސައްކަތް ކުރަން ބަޔަކު ހޯދުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނެތް އެވަރަކަށް ސްޓާފުންނެއް. ދެން މިގޮތަސް މި ނަގާ ފަރަތްތަކަކީ ކޮންމެ ދުވަހަކު ހެން އެ މަސައްކަތްތައް މޮނިޓާކޮށް އެތަންތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސީދާ ކައުންސިލަށް ރިޕޯޓުކުރާނެ، ކައުންސިލްގައި ސްޓޭޝްނެވެގެން ތިބޭނެ ބައެއް،" މުއިއްޒު ވިދާޅުވި އެވެ.

އެ މަސައްކަތްތަކަކީ ސިޓި ކައުންސިލުން އައުޓްސޯސްކުރާ މަސައްކަތްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިި އެވެ. އަދި މިހާރު އެ އިއުލާންކޮށްފައި ހުރި މަސައްކަތްތަކަކީ އެއީ ގިނަ މައްސަލަތަކެއް ހުރި ތަންތަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިސާލަކަށް ސަހަރާތަކަށް ބަލާއިރުގަ، އެތަންތަނުގަ ހަމައެކަނި ސާފުކުރުމެއް ނޫން ކުރިޔަށްދަނީ. އެ މަސައްކަތަށްޓަކައި މައުލޫމާތު ސެޝަނުގައި އަދި އާންމުކުރާނެ، އެތަނުގެ މަރާމާތުގެ މަސައްކަތްތައް ކަހަލަ ބައެއް ކަންކަން ވެސް އަދި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގައި ސުޕަވިޝަންގެ މަސައްކަތްތައް ކުރެވޭ ވަރަށް މުވައްޒަފުން މަދުއިރު، ރައްޔިތުންނަށް ދެން ޖެހޭ އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތްތައް ދިނުމުގައި މިފަދަ ކަމެއް ކުރުމަކީ އިސްރާފެއް ނޫނެވެ.

ސިޓީ ކައުންސިލުން މިފަހުން ސިޔާސީ ގޮތުން ވަޒީފާ ދެމުންދާކަމަށާއި ދެފުށްފެންނަ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރިމަތިކުރާ ފާޑުކިޔުންތަކަށް ވެސް މުއިއްޒު ރައްދު ދެއްވި އެވެ. އެކަމާ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ މިހާރު އޮތް ސިޓީ ކައުންސިލަކީ އެއްވެސް ގޮތަކަށް ސިޔާސީ ނުވާނެ ކައުންސިލެއް ކަމަށެވެ.

"ހަމަ އެމްޑީޕީ މެމްބަރުން ވެސް ކަމަކަށް އެދިގެން ބުނެފިއްޔާ ނުލާހިކު އަވަހަށް އެކަން ކޮށްދެން. ސަރުކާރުން ވެސް މިނިސްޓްރީތަކަށް ވެސް މިދަނީ ހަމަ އެހެން. އަޅުގަނޑުމެން މީހުން ނަގާއިރު ބަލަނީ އެންމެ ފެންވަރު ރަނގަޅު މީހުން ނެގޭތޯ ހަމަ. ސިޔާސީކޮށް ވަޒީފާ ދީފައި ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox