ސޮނީ ސްޕޯޓްސް ފެޝަން ފިހާރައަށް ކިޔާނެ ރީތި ނަމެއް ހުށަހަޅައިގެން 25،000ރ. ހޯދުމުގެ ފުރުސަތު!

ސޮނީ ސްޕޯޓްސް ފެޝަން ފިހާރައަށް ކިޔާނެ ރީތި ނަމެއް ހުށަހަޅައިގެން 25،000ރ. ހޯދުމުގެ ފުރުސަތު!

"ސޮނީ ސްޕޯޓްސް ފެޝަން" ގެ ނަން ބަދަލު ކުރަން ނިންމައި، ފިހާރައަށް ކިޔާނެ ރީތި އާ ނަމެއް ހުށަހަޅައިގެން 25،000ރ. ހޯދޭނެ ފުރުސަތެއް ސޮނީ ސްޕޯޓްސް ކުންފުނިން ހުޅުވާލައިފި އެވެ.

"ސޮނީ ސްޕޯޓްސް ފެޝަން" ނަމުގައި ސޮނީ ސްޕޯޓްސްގެ ދެ ފިހާރައެއް މާލޭގައި ހުރެ އެވެ. އަމީނީ މަގު މީރާ ކުރިމަތީ އެއް ފިހާރަ ހުންނައިރު، އަނެއް ފިހާރަ ހުންނަނީ މަޖީދީ މަގު ހެންވޭރު ދަނޑު ކައިރީގަ އެވެ.

ކުއިކްސިލްވާ، ރޮކްޒީ، ބިލަބޮންގް، ރިޕްކާލް ފަދަ ބްރޭންޑްތަކުގެ ތަކެތި ވިއްކާ އެ ދެ ފިހާރައަށް ކިޔާނެ އާ ނަމެއް ހުށަހަޅާން ސޮނީ ސްޕޯޓްސް ފެޝަންގެ ފޭސްބުކް ޕޭޖްގައި ވަނީ ހުޅުވާލައިފަ އެވެ.

މި ފުރުސަތުގައި ބައިވެރިވުމަށް ސޮނީ ސްޕޯޓްސް ފެޝަންގެ ފޭސްބުކް ޕޭޖަށް ފޮލޯ ކުރަން ޖެހެ އެވެ. އަދި ހުށަހަޅަން ބޭނުންވާ ނަން ޕޭޖްގެ ޕޯސްޓަށް ކޮމެންޓްކޮށް، އެ ކޮމެންޓްގައި ފޭސްބުކް ތިން އެކުވެރިއެއް ޓެގް ކުރަން ޖެހެ އެވެ. އަދި އެ ޕޯސްޓް ފޭސްބުކްގައި ޝެއާ ކުރުމުން ބައިވެރިވެވުނީ އެވެ.

ސޮނީ ސްޕޯޓްސް ފެޝަން ފިހާރައަށް އާ ނަމެއް ދިނުމަށް ހުށަހެޅޭނީ އެންމެ ނަމެއް ވެސް ނޫނެވެ. ކޮންމެ މީހަކަށް ވެސް އެތައް ނަމެއް ހުށަހެޅިދާނެ އެވެ. ނަމަވެސް، އެކަކަށް ވުރެ ގިނަ ބަޔަކު އެއް ނަމެއް ކޮމެންޓް ކޮށްފައިވާނަމަ، ބަލާނީ އެ ނަމެއް ފުރަތަމަ ކޮމެންޓް ކުރި މީހާއަށެވެ. ކޮމެންޓް ކުރި ނަންތަކުން ސޮނީ ސްޕޯޓްސް އަށް ކަމުދާ ތިން ނަމެއް އިހްތިޔާރު ކުރާނެ އެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ހުޅުވާލާފައިވާ ފުރުސަތާ ގުޅޭ ގޮތުން ސޮނީ ސްޕޯޓްސް އިން ބުނީ، އެ ކުންފުނިން އިހްތިޔާރު ކުރާ ތިން ނަން ފޭސްބުކްގައި ޕޯސްޓް ކުރެވޭނެ އެވެ.

ޓޮޕް ތިން ނަމުގެ ތެރެއިން ފިހާރައަށް ކިޔާ ނަން އިހްތިޔާރުކޮށް ފޭސްބުކް ޕޭޖްގައި އިއުލާން ކުރާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox