ހުޅުމާލޭގެ ގުދަނެއްގައި މުދާ އުފުލާ ކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ ދެ ބިދޭސީއަކަށް އަނިޔާވި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރު ކަމަށެވެ.
ދެ މީހުންނަށް ވެސް އަނިޔާވެގެން ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން މި ނޫހަށް ކަށަވަރު ކޮށްދިން ގޮތުގައި ދެ މީހުންނަށް އިތުރު ފަރުވާ ދޭން އައިޖީއެމްއެޗަށް ވަނީ ގެންދެވިފަ އެވެ.
މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.













