ބިޔަ މަޝްރޫއުތަކުން އިންކަމް ޓެކްސް އިސްތިސްނާ ދޭ ގަވާއިދު އާންމުކޮށްފި

މާލެ-ތިލަފުށި ބްރިޖު މަޝްރޫއުގެ ސާވޭއަށް ޖެހި ޕްލެޓްފޯމެއް: ޓެކްސް އިސްތިސްނާ ލިބެނީ މިގޮތަށް ހިންގާ ބިޔަ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ މަންފާ އެކުލެވޭ މަޝްރޫއުތަކަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެ-ތިލަފުށި ބްރިޖު މަޝްރޫއުގެ ސާވޭއަށް ޖެހި ޕްލެޓްފޯމެއް: ޓެކްސް އިސްތިސްނާ ލިބެނީ މިގޮތަށް ހިންގާ ބިޔަ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ މަންފާ އެކުލެވޭ މަޝްރޫއުތަކަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވަކިވަކި ވިޔަފާރި ދާއިރާތަކާއި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް އިސްތިސްނާ ދިނުމުގެ ގަވާއިދު ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

މިއީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (އިންކަމް ޓެކްސް ގާނޫނު) ގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ޓެކްސް އިސްތިސްނާ ދިނުމުގެ ބާރުގެ ދަށުން، އިންކަމް ޓެކްސް ލުއި ދިނުމާ ގުޅޭ ގަވާއިދެކެވެ.

ގާނޫނުގައި އިސްތިސްނާ ދިނުމުގެ ބާރު ރައީސަށް ލިބިވަޑައިގެންނެވި ނަމަވެސް، އެއްވެސް އިސްތިސްނާއެއް ދިނުމާ މެދު ރައީސް ގޮތް ނިންމަވާނީ ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއްގެ ލަފަޔާއި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

Advertisement

އިންކަމް ޓެކްސް އިސްތިސްނާ ލިބޭނެ ވިޔަފާރި ދާއިރާތައް ވެސް ނިންމާނީ ހަމަ މިގޮތުގެ މަތިންނެވެ.

އިސްތިސްނާ ދެވޭނެ ދާއިރާތައް ގަވާއިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނަންވާނެ ކަމަށް ގަވާއިދުގައި ލިޔެފައި އޮތް ނަމަވެސް އަދި އެއްވެސް ދާއިރާއެއް އިސްތިސްނާ ކުރަން ނިންމާފައި ނުވާތީ އާންމުކޮށްފައެއް ނުވެ އެވެ.

މި ގަވާއިދުގައިވާ ގޮތުން އިންކަމް ޓެކްސް އިސްތިސްނާ ދިނުމުގައި ބަލާނީ ތިން ކަމަކަށެވެ. އެއީ:

  • އިސްތިސްނާގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު
  • އިސްތިސްނާ ދިނުމުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާ އާއި ގެއްލުން، އަދި
  • އިސްތިސްނާ ދީގެން ހާސިލުވާން ބޭނުންވާ މަގުސަދު ހާސިލުވާނެ މިންވަރެވެ.

އޭގެ އިތުރުން، އިސްތިސްނާއަށް އެދޭ ވިޔަފާރި މަޝްރޫއުތަކުން ފުރިހަމަ ވާން ޖެހޭ ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއީ:

  • އިސްތިސްނާ ލިބޭ ވިޔަފާރި ނުވަތަ ވިޔަފާރިވެރިޔާ މީރާއަށް ހުށަހަޅާފައިވާ ހުރިހާ މައުލޫމާތު މިނިސްޓްރީއަށް ހާމަކުރަން އިންކާރު ނުކުރުން
  • ވަކި ވިޔަފާރި މަޝްރޫއަކަށް އިސްތިސްނާ ދޭ ނަމަ، އެ ގާނޫނީ ޝަހުސަކުން (ލީގަލް އެންޓިޓީއަކުން) ކުރާ ހަމައެކަނި މަސައްކަތަކީ އެ މަޝްރޫއުގެ މަސައްކަތަށް ވުން
  • ދައުލަތުގެ ހިލޭ އެހީން ހިންގާ ވިޔަފާރި މަޝްރޫއަކަށް ވުން ނުވަތަ، ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުންޏަކާ އެކު ވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި މަޝްރޫއަކަށް ވުން ނުވަތަ ރާއްޖޭގައި އިންވެސްޓު ކުރުމަށް ސަރުކާރާ އެކުވާ އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫއެއް ނޫނީ ސައްތައިން ސައްތަ ސަރުކާރު ކުންފުންޏަކުން ހިންގާ ވިޔަފާރި މަޝްރޫއަކަށް ވުން

އެގޮތަށް އިސްތިސްނާ ލިބޭ ފަރާތްތަކުގެ ނަންތައް ގެޒެޓުގައި ޝާއިއުކޮށް އަދާހަމަ ކުރަން ޖެހެ އެވެ. އަދި، ގެޒެޓުގައި ޝާއިއުކުރާއިރު އިސްތިސްނާ ދީފައިވާ މުއްދަތާއި، ދިން ސަބަބާއި، އާމްދަނީއާ ގުޅުންހުރި އިންވެސްޓުމަންޓުގެ މިންވަރުގެ މައުލޫމާތު އާންމުކުރަން ޖެހެ އެވެ.

މި ގަވާއިދުގެ ދަށުން އިސްތިސްނާ ލިބޭ ވިޔަފާރިތަކަށް، އިސްތިސްނާ ދޭ ދުވަހުން ފެށިގެން 12 ދުވަހުގެ ތެރޭގައި މި ހުރިހާ މައުލޫމާތެއް ހިމެނޭހެން މި ލިސްޓު އަދާހަމަކުރަން ޖެހެ އެވެ.

މި އިސްތިސްނާ ލިބޭ ހުރިހާ މަޝްރޫއެއް ގާނޫނީ ވަކި ޝަހުސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި، އިސްތިސްނާ ލިބޭ އާމްދަނީގެ ރެކޯޑުތައް ވަކިން ބަލަހައްޓަން ޖެހެ އެވެ. އަހަރަކު އެއް ފަހަރު މުސްތަގިއްލު އޮޑިޓަރެއްގެ ފައިނޭންޝަލް ރިޕޯޓެއް ވެސް ހުށަހަޅަން ޖެހެ އެވެ.

އިސްތިސްނާ ދޭ ފަދައިން، އިސްތިސްނާ ބާތިލުކުރުމުގެ ބާރު ވެސް ރައީސްއަށް ލިބިވަޑައިގަންނަވަ އެވެ. އިސްތިސްނާ ބާތިލުކުރާ ހާލަތްތަކަކީ:

  • ސައްހަ ނޫން މައުލޫމާތު ހިމަނައިގެން އިސްތިސްނާ ހޯދާފައިވާނަމަ
  • މަޝްރޫއު ހުއްޓާލުން ނުވަތަ އެ ނަމުގައި އިތުރު ވިޔަފާރިއެއް ހިންގަން ފެށުން
  • ވިޔަފާރިއެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވުން
  • އިސްތިސްނާ ދިން މަގުސަދު ހާސިލުވުން
  • އެކަށީގެންވާ ހެއްކާ އެކު އެއްވެސް ސަބަބަކާހުރި އިސްތިސްނާ ދިން މަގުސަދު ހާސިލު ނުވާނެ ކަމަށް ބެލެވުން، އަދި
  • ޓެކްސް ނޫން ގޮތަކުން ދައުލަތަށް ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް މާލީ ގެއްލުމެއް ލިބުން، ނޫނީ ލިބިދާނެ ކަމަށް ބެލެވުން، މިއެވެ.

މިއަދުން ފެށިގެން މި އުސޫލަށް އަމަލުކުރާނެ އެވެ.

މި އިސްތިސްނާ ދޭން ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ސަބަބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިއީ ބޮޑެތި މަޝްރޫއުތަކަށް ފަހިކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށާއި މީގެ ސަބަބުން ބޮޑެތި އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox