9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ރާއްޖެއިން ވާދަކުރާނީ ޝަރީ އާއި ޝާޒް

ރާއްޖޭގެ ގައުމީ ޕޫލް ބިލިއާޑް ޓީމުގެ ހަސަން ޝާޒް މުހައްމަދު އާއި މުހައްމަދު ޝަރީފް (ޝަރީ).

ރާއްޖޭގެ ގައުމީ ޕޫލް ބިލިއާޑް ޓީމުގެ ހަސަން ޝާޒް މުހައްމަދު އާއި މުހައްމަދު ޝަރީފް (ޝަރީ).

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މިއަދު ފަށާ 9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމްގެ ހަސަން ޝާޒް މުހައްމަދު އާއި މުހައްމަދު ޝަރީފް (ޝަރީ) ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ 9 ބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ އެކި ގައުމުތަކުން 128 ކުޅުންތެރިން ވާދަކުރެ އެވެ. މި މުބާރާތުގައި ވާދަކުރާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކުރި އޮސްޓްރިއާގެ އަލްބިން އޫޝަން ހިމެނެ އެވެ.

އޫޝަންވަނީ މިދިޔަ މަހު ނިމުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެ އައިސްފަ އެވެ. އަދި އެ ދަތުރުގައި ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންނާއި ބައްދަލުކޮށް އޭނާގެ ތަޖުރިބާވެސް އޫޝަން ހިއްސާކުރި އެވެ.

މި މުބާރާތުގައި ދިވެހިރާއްޖެއިން ވާދަކުރަނީ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް އާއި ދެ ވަނަ ޝަރީފް (ޝަރީ) އެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ޝާޒް ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ މުބާރާތުގައި 15 ވަނަ އަށް ސީޑުކޮށްފައިވާ ހަންގޭރީގެ ޗެމްޕިއަން އޮލިވާ ޒޮލްނޮކީއާ ދެކޮޅަށެވެ. ރާއްޖޭގެ ޝަރީފް ނުކުންނާނީ މުބާރާތުގެ 38 ވަނަ ސީޑު އެމެރިކާގެ ހަންޓާ ލޮމްބާޑޯ އާ ދެކޮޅަށެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅޭނީ "ރޭސް-ޓު-9" އަށެވެ. 64 ކުޅުންތެރިން ކެޓުމުން ދެން ކުޅޭ ހުރިހާ މެޗެއްވެސް ކުޅޭނީ ފުރަތަމަ 11 ފްރޭމް ހޯދާ ކުޅުންތެރިއެއް މޮޅުވާ ފޯމެޓަށެވެ. އޭގެ ފަހުން ފައިނަލް މެޗު ކުޅޭނީ "ރޭސް-ޓު-13" ފްރޭމަށެވެ.

މި މުބާރާތުގެ އެއް ވަނަ ހޯދާ ކުޅުންތެރިއަކަށް 60،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox