އިންޓަ އޮފީސް ބިލިއާޑް މުބާރާތް: އެމްޕީއެލް އާއި ރައީސް އޮފީހުން ޗެމްޕިއަންކަން ހޯދައިފި

Jun 19, 2023, 11:27 AM
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އެމްޕީއެލްގެ ޓީމް - ފޮޓޯ: އެމްޕީބީއޭ

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އެމްޕީއެލްގެ ޓީމް - ފޮޓޯ: އެމްޕީބީއޭ

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ރައީސް އޮފީހުން ހޯދައިފި އެވެ.

ޖުމްލަ އެކު، 27 ޓީމާ އެކު މިމަހުގެ އަށް ވަނަ ދުވަހު ފެށި މުބާރާތުގެ ފިރިހެން ބައިގެ ތަށި އެމްޕީއެލްއިން ހޯދީ ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކޮށްގެންނެވެ. އަންހެން ބައިގެ ތަށި ރައީސް އޮފީހުގެ ޓީމް ހޯދީ ފައިނަލުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޓީމް ބަލިކޮށްގެންނެވެ.

ފިރިހެން ބައިގެ ފައިނަލު އެމްޕީއެލް އިން ކާމިޔާބުކުރީ 2-1 އިންނެވެ. ފުރަތަމަ ގޭމުގައި ކަސްޓަމްސްގެ ހުސައިން ފަޔާޒު އާއި ޔޫސުފް ޒުބެއިރުގެ ޕެއާ ވަނީ އެމްޕީއެލްގެ އަބްދުﷲ އަފީފް އާއި މުހައްމަދު ދުންޔާޒްގެ ޕެއާ 7-2 ފްރޭމުން ބަލިކޮށްފަ އެވެ.

ދެ ވަނަ ގޭމު އެމްޕީއެލްގެ މުންތަސިރު އާއި ސައްމާންގެ ޕެއާއިން ކާމިޔާބުކުރީ ކަސްޓަމްސްގެ އާދަމް ސޮލާހު އާއި ހިޝާމް މަޖީދުގެ ޕެއާ އަތުން 7-1 އިންނެވެ.

އެންމެ ފޯރިގަދަކޮށް ދިޔައީ ކަސްޓަމްގެ އަހުސަން ހާޝިމް އާއި ހާމިދު ފައިސަލްގެ ޕެއާ އާއި އެމްޕީއެލްގެ އަލީ ޝާވިން އާއި އިސްމާއިލް ޖީހާންގެ ޕެއާ ވާދަކުރި މެޗެވެ. މި މެޗު ވާދަވެރި ކުޅުމަކަށްފަހު 7-5 ފްރޭމުން ކާމިޔާބުކޮށް ޝާވިން އާއި ޖީހާން ވަނީ އެމްޕީއެލް އަށް ތަށި ހޯދައިދީފަ އެވެ.

ފިރިހެން ބައިގެ ތިން ވަނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ބަލިކޮށް ހޯދީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެވެ.

ފަސް ޓީމް ވާދަކުރި އަންހެން ބައިވެސް މި އަހަރު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ފައިނަލުގައި އެއާޕޯޓްސް ކޮމްޕެނީ ބަލިކޮށް ޗެމްޕިއަންކަން ރައީސް އޮފީހުން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 2-1 އިންނެވެ

އަންހެން ޑިވިޝަންގެ ޓީމް އިވެންޓުގައި ކުޅެނީ ތިން ސިންގަލްސް މެޗެވެ. ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ރައީސް އޮފީހުގެ އާމިނަތު ނަދާ ވަނީ އެއާޕޯޓްސްގެ އައިޝަތު މަލީޝާ 6-4 ފްރޭމުން ބަލިކޮށްފަ އެވެ. ދެ ވަނަ ސިންގަލްސްގައި ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް ވަނީ އެއާޕޯޓްސްގެ އާދިލާ އާދިލް 6-3 އިން ބަލިކޮށްފަ އެވެ. ދެ ސިންގަލްސް ކާމިޔާބުކޮށް ޗެމްޕިއަންކަން ޔަގީންވެފައިވުމުން ރައީސް އޮފީހުގެ ދީނާ އަހުމަދު އާއި އެއާޕޯޓްސްގެ އައިޝަތު އަލީ ވާދަކުރި މެޗު ދީނާ ނިންމީ ދޫކޮށްލާށެވެ.

އަންހެން ބައިގެ ތިން ވަނަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މިއަހަރުވެސް ހޯދީ މުހައްމަދު ދުންޔާޒު އެވެ. އަދި އަންހެން ސިންގަލްސް ތަށި ހޯދީ ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox