ރާއްޖޭގެ ބިލިއާޑް ފެންވަރާ މެދު އަލްބިން ހުރީ ހައިރާންވެފައި

Mar 16, 2022, 8:32 AM
ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންނާ އެކު އިއްޔެ ހަވީރު އަލްބިން (ވ) ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންނާ އެކު އިއްޔެ ހަވީރު އަލްބިން (ވ) ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ބިލިއާޑް ފެސިލިޓީގެ ފެންވަރާއި ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅު ކަމަށް ގަބޫލުކުރާ ކަމަށް 2021 ވަނަ އަހަރުގެ ދުނިޔޭގެ ބިލިއާޑް ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝަން ބުނެފި އެވެ.

މާދަމާރޭ އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ރާއްޖެ އައިސްހުރި އަލްބިން އޫޝަން ވަނީ އިއްޔެ ހަވީރު ބޭއްވި އިވެންޓެއްގައި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ހޯލު ބަލާލައި ކުޅުންތެރިންނާއި ބައްދަލުކޮށްފަ އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ބިލިއާޑް ރޭންކިންގެ އެއް ވަނަ ހަސަން ޝާޒް މުހައްމަދާ އެކު 9 ބޯލް މެޗެއް ވެސް އޭނާ ކުޅެފަ އެވެ. މި މެޗު 5-1 ފްރޭމުން ކާމިޔާބުކުރީ އަލްބިން އެވެ.

އަލްބިން ވަނީ ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންނާއި ބައްދަލުކޮށް އޭނާގެ ކެރިއަރުގެ އެކި ވާހަކަތައް ހިއްސާކޮށް ކުޅުންތެރިންގެ ސުވާލުތަކަށްވަނީ ޖަވާބު ދީފަ އެވެ.

އަލްބިން އިއްޔެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ހަރަކާތަށް ފަހު ވާހަކަދައްކަމުން 2016 ވަނަ އަހަރާއި 2021 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ބިލިއާޑް ކުޅުންތެރިޔާގެ އެވޯޑު ހޯދި އަލްބިން ބުނީ ރާއްޖޭގެ ބިލިއާޑް ހޯލަކީ ޕްރޮފެޝަނަލީ މިކަން ކުރަން ބޭނުންވާ ކުޅުންތެރިންނަށް ވަރަށް ފަހި މަހާއުލެއް ކަމަށެވެ. އަދި އޭނާ ހީކުރި ވަރަށް ވުރެ މި ފެސިލިޓީގެ ފެންވަރާއި ބޯޑުތަކުގެ ކޮލިޓީ ވެސް ރަނގަޅުކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކުޅުންތެރިންނާއި ބެހޭގޮތުން އަލްބިން ބުނީ ބިލިއާޑް ކަހަލަ ކުޅިވަރެއްގައި ކުރިއަށްދިޔުމަށް އެންމެ މުހިންމުކަމަކީ ގިނަ ވަގުތު ޕްރެކްޓިސް ކުރުން ކަމަށެވެ. ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ބިލިއާޑުން ކުރިއަށްދެވޭނެ ހުނަރު އެބަހުރި ކަމަށެވެ. ނަމަވެސް ބައިނަލްއަގްވާމީ ބިލިއާޑަށް ނުކުންނައިރު އިތުރަށް ކުޅުންތެރިން ތައްޔާރުވާނެ ޖެހޭ ގިނަ ކަންކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެއް ހީކުރިވަރަށް ވުރެ މި ހޯލުގެ ފެންވަރު ރަނގަޅު، މިގައުމުގައި ވެސް މި ކުޅިވަރަށް އޮތް ލޯބި ފެނިފައި އުފާކުރަން، ހުނަރު އެބަހުރި ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި. އަހަރެން ބުނާނީ ހަމަ ގިނައިން ޕްރެކްޓިސް ކުރާށޭ. ދެތިން އަހަރަކުން މާ ބޮޑު ކުރިއެރުމެއް ނުލިބޭނެ. އެކަމަކު ދިގު މުއްދަތަކަށް އަމާޒުކޮށްގެން ތައްޔާރުވެއްޖެއްޔާ ކާމިޔާބު ހޯދޭނެ،" އަލްބިން ބުންޏެވެ.

"ބައިނަލްއަގްވާމީ ލެވެލްއަށް ނުކުންނައިރު އެންމެ މުހިންމު ކަމަކީ މެންޓަލީ ތައްޔާރުވުން. ދަތުރުކުރުމާއި، ޕްރެޝަރާއި، އެހެނިހެން ކަންކަމަށް ބަލާއިރު، ފުރަތަމަ ދެ ތިން އަހަރުު އެންމެ ޗެލެންޖިން ވާނީ ވެސް."

ރާއްޖޭގެ ގައުމީ ބިލިއާޑް ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަލްބިން ބުނީ ރާއްޖެ އިން އޭނާ އަށް ކީ މަރުހަބާ ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. މުސްތަގުބަލުގައި ރާއްޖޭގެ އެސޯސިއޭޝަނުން އެދިއްޖެނަމަ ރާއްޖެ އައިސް ބިލިއާޑް ކުރިއެރުވުމަށް އެހީވާން ބޭނުންވާ ކަމަށް ވެސް އަލްބިން ވަނީ ބުނެފަ އެވެ. އަދި އެސޯސިއޭޝަންގެ ދައުވަތެއްގައި ނޫން ގޮތަކަށް ވެސް އައިލާއާ އެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ފަހަރެއްގައި ބިލިއާޑު ހޯލަށް އައިސް ކުޅުންތެރިންނާއި ބައްދަލުކުރާނެ ކަމަށް އޭނާ ބުންޏެވެ.

ބިލިއާޑް އެސޯސިއޭޝަނުން ވަނީ އަލްބިން އަށް މަރުހަބާ ކިޔުމުގެ ގޮތުން ދިވެހިރާއްޖެ ރަމްޒުކޮށްދޭ ހާއްސަ ސޮވެނިއާތަކެއް ހަދިޔާކޮށްފަ އެވެ.

މާލޭ ކުޅިވަރު އެކުވެނީގައި އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު ބިލިއާޑް ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދޭނީ އަލްބިން އެވެ. މި އެވޯޑުގެ ނޮމިނޭޝަންތައް މިހާރު އިއުލާން ކޮށްފައިވާއިރު، ފިރިހެން މޮޅު ކުޅުންތެރިޔާ އަށް ވާދަކުރަނީ ހަސަން ޝާޒް، ހުސައިން ފަޔާޒް އަދި މުހައްމަދު ޝަރީފް އެވެ. އަންހެން މޮޅު ކުޅުންތެރިޔާއަށް ވާދަކުރަނީ އާމިނަތު ފަތުހީ، އާމިނަތު ހަލީމް އަދި ދީނާ އަހުމަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox