މަދަނީ އިޖުރާއަތާ ގުޅޭ ފޮތެއް ފަނޑިޔާރު ސުއޫދު ނެރުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު: ފަނޑިޔާރު ސުއޫދަކީ ގާނޫނީ ގިނަ ފޮތްތަކެއް ދިވެހި ބަހުން ލިޔުއްވާ ބޭފުޅެއް -- ފޮޓޯ: ފޭސްބުކް/ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު: ފަނޑިޔާރު ސުއޫދަކީ ގާނޫނީ ގިނަ ފޮތްތަކެއް ދިވެހި ބަހުން ލިޔުއްވާ ބޭފުޅެއް -- ފޮޓޯ: ފޭސްބުކް/ހުސްނުއްސުއޫދު

އަންނަ ޖޫން މަހުން ފެށިގެން ރާއްޖޭގައި އަމަލުކުރަން ފަށާ މަދަނީ އިޖުރާއަތުގެ ގާނޫނު އާންމުންނަށް ކިޔައިދީ އަހުލުވެރިކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފޮތެއް ނެރުއްވައިފި އެވެ.

"ދިވެހިރާއްޖެގެ މަދަނީ އިޖުރާއަތު ދެނެގަތުން" މި ނަމުގައި ފަނޑިޔާރު ސުއޫދު މިއަދު ނެރުއްވި ފޮތް މިހާރު އޮންލައިންކޮށް ފަނޑިޔާރު ސުއޫދުގެ ވެބްސައިޓް އިން ހިލޭ ލިބެން ހުންނާނެ އެވެ. ޖުމްލަ 218 ސަފްހާގެ އެ ފޮތާއި ގުޅޭގޮތުން ފަނޑިޔާރު ސުއޫދު "އަދަދު" އަށް ވިދާޅުވީ އެ ފޮތަކީ ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ގާނޫނީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާނެ މަދަނީ އިޖުރާއަތުގެ ގާނޫނު އާންމުންނަށް ކިޔައިދިނުމަށް ތައްޔާރުކުރެއްވި ފޮތެއް ކަމަށެވެ.

"އާންމުންނަށް ވީހާވެސް ކިޔައިދިނުން ހަގީގަތުގަ ބޭނުމަކީ. އާންމުން އަހުލުވެރިކުރުވުން މަދަނީ އިޖުރާއަތުގެ ގާނޫނަށް،" ސުއޫދު ވިދާޅުވި އެވެ.

އެ ފޮތުގައި އެއްބަސްވުންތަކުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ކޮން ކޯޓަކަށްކަމާއި ބޭރު ގައުމެއްގެ ކޯޓަކަށް ހުށަހެޅިފައިވާ މައްްސަލައެއް ރާއްޖޭގެ ކޯޓަކަށް ހުށަހެޅިއްޖެ ނަމަ ދެން އަމަލުކުރަންވީ ގޮތާއި، މަދަނީ މައްސަލަތަކުގައި ދައުވާކުރަން އޮންނަ މުއްދަތާއި ގުޅޭ ގޮތުން މިދިޔަ ޑިސެމްބަރު މަސްތެރޭ ތަސްދީގުކުރި މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ވާހަަކަތައް ތަފްސީލުކޮށް ހިމަނާފައިވެ އެވެ.

އަދި އިހުމާލާއި ފަރުވާކުޑަކުރުމުގެ މައްސަލަތަކާއި މެޑިކަލް ނެގްލިޖެންސްގެ މައްސަލަތަކަށް ވެސް ގާނޫނުގައި އަމަލުކުރަން އޮންނަ ގޮތް ކިޔައިދީފައި ވެ އެވެ. ހަމައެއާއެކު މަދަނީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށްގެންދެވޭނެ ހާލަތްތަކާއި ކުރިޔަށް ނުގެންދެވޭނެ ހާލަތްތައް ފަދަ ކަންކަމަށް ވެސް އެ ފޮތުގައި އަލިއަޅުވާލާފައި ވެ އެވެ. އޭގެ އިތުރުން ވެސް އެ ގާނޫނުގެ ހުރިހާ މުހިންމު ބައެއްހެން އެ ފޮތުގައި ތަފްސީލުކޮށް ފަނޑިޔާރު ސުއޫދު ވަނީ ކިޔައިދެއްވާފަ އެވެ.

ފަނޑިޔާރު ސުއޫދުގެ ފޮތް ހާއްސަކޮށްފައިވާ މަދަނީ އިޖުރާއަތުގެ ގާނޫނަކީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހެކި ހިނގާނެ ގޮތްތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުންފަދަ މަދަނީ މައްސަލަތަކުގެ އާންމު އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

މަދަނީ އިޖުރާއަތާއި ގުޅޭ ހާއްސަ ފޮތެއް ފަނޑިޔާރު ސުއޫދު ނެރުއްވިއިރު، މީގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ފޮތަކާއި، ކުންފުންޏާ ބެހޭ ގާނޫނުގެ ފޮތެއްގެ އިތުރުން ކޮންޓްރެކްޓާއި ޝަރީއަތުގައި ހެކިބަސް ނެގުން އަދި ޓޯޓު ލޯ އާ ގުޅެ ގޮތުން ވެސް ފޮތްތަކެއް ނެރުއްވާފަ އެވެ. އެ ފޮތްތަކަކީ ރާއްޖޭގައި ގާނޫނުކަން ކިޔަވާ ދަރިވަރުން އަދި އެ ފަންނުގެ ގިނަ ބަޔަކު ބޭނުންކުރާ ފޮތްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox