ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކަށް އިދާރީ ދާއިރާތައް ނުހިންގޭނެ: ސުއޫދު

ހުސްނުއްސުއޫދު: އިދާރީ ދާއިރާތައް ހިންގުމަކީ 2008 ގެ ގަނޫނުއަސާސީ އިން ދައުލަތް ހިންގުމަށް ގެނައި އެންމެ ބޮޑު ބަދަލު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހުސްނުއްސުއޫދު: އިދާރީ ދާއިރާތައް ހިންގުމަކީ 2008 ގެ ގަނޫނުއަސާސީ އިން ދައުލަތް ހިންގުމަށް ގެނައި އެންމެ ބޮޑު ބަދަލު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކަށް އިދާރީ ދާއިރާތައް ނުހިންގޭނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ. 

ސުއޫދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތަކުން އިދާރީ ދާއިރާތައް ހިންގުމަކީ 2008 ގެ ގަނޫނުއަސާސީ އިން ދައުލަތް ހިންގުމަށް ގެނައި އެންމެ ބޮޑު ބަދަލު ކަމަށެވެ.

ގާނޫނުއަސާސީގައި ކުރިން ބަޔާންކޮށްފައި އޮތް އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގަން ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމަށެވެ. 

"ގާނޫނުއަސާސީގެ 230 އަދި 231 އޮތް ގޮތުން ގާނޫނުއަސާސީގެ ޖަދުަލު 2 ގައިވާ އިދާރީ ދާއިރާއެއް ރައްޔިތުން އިންތިހާބު ނުކުރާ ފަރާތްތަކުން ހިންގުމަށް ގާނޫނުއަސާސީ ހުއްދައެއް ނުދޭ،" އޭނާ ވިދާލުވި އެވެ. 

ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް ހުއްދަ ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު މިހެން ވިދާޅުވީ  މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމުން ގާނޫނުއަސާސީގައި އަދި ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެ ކަމަށް ނުދެކޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނުމުންނެވެ. 

ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނީ އެގޮތަށް ނުދެކެނީ އަތޮޅު ކައުންސިލްތައް އުވާލާ އަތޮޅު ކައުންސިލްތަކުން އަދާކުރަމުންދިޔަ ގާނޫނީ މަސްއޫލިއްޔަތު އެ އޮތޯރިޓީއަށް ބަދަލުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ގާއިމުކުރުމުގެ އިހްތިޔާރު ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ކަމަށެވެ. 

ނަމަވެސް ސުއޫދު އިއްޔެ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އަތޮޅުތައް ހިންގަން ސަރުކާރުން އުފެއްދި މިނިސްޓްރީ އުވާލުމުން، އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ގާނޫނީ ހުސްކަމެއް އައިސްފައިވާ ކަމަށެވެ. 

ރާއްޖޭގެ އަތޮޅުތައް ހިންގުން ގާނޫނީ ހުސްކަމަށް އައުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ހުސްކަން ގާނޫނީ މަގަކުން ހަމަޖައްސަން ޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. 

ކައުންސިލްތަކުގެ ބާރުތައް ހަނިކުރަން އުފެއްދި ސިޓީސް މިނިސްޓްރީ އުވާލީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ވީ ބޮޑު ބައްޔަށްފަހު އެވެ. 

އެ މިނިސްޓްރީ އުފެއްދީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަނޑައަޅާފައިވާ ދުސްތޫރީ މަގްސަދުތަކާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނު ބަޔާން ކުރެވިފައިވާ ގާނޫނީ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ކަމަށް ބުނެ އެވެ. 

ލޯކަލް ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް މި ސަރުކާރުން ވަނީ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ ދަށުގައި ހުންނަ ބައެއް ބިންތައް ސަރުކާރަށް ނެގޭ ގޮތަށް އިސްލާހެއް ވަނީ ފާސްކޮށްފަ އެވެ. އަދި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ސަރުކާރަށް ނުފޫޒު ފޯރުވޭ ގޮތަށް ވަނީ ބަދަލެއް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox