ދިވެހިރާއްޖޭގެ ޓޯޓްގެ ގާނޫނުގެ ނަމުގައި ސުއޫދު ފޮތެއް ނެރުއްވައިފި

ދިވެހިރާއްޖޭގެ ޓޯޓްގެ ގާނޫނުގެ ނަމުގައި ސުއޫދު (ކ) ފޮތެއް ނެރުއްވުން -- ފޮޓޯ: އަދަދު

ދިވެހިރާއްޖޭގެ ޓޯޓްގެ ގާނޫނުގެ ނަމުގައި ސުއޫދު (ކ) ފޮތެއް ނެރުއްވުން -- ފޮޓޯ: އަދަދު

"ދިވެހިރާއްޖޭގެ ޓޯޓްގެ ގާނޫނު" ގެ ނަމުގައި 212 ސަފުހާގެ މުހިންމު އިލްމީ ފޮތެއް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ނެރުއްވައިފި އެވެ.

ޖުމްލަ 12 ޗެޕްޓަރަކަށް ބަހާލައިގެން ލިޔުއްވާފައިވާ މި ފޮތުގައި ޓޯޓުގެ އާންމު އުސޫލުތަކާއި، އިހުމާލުގެ މަދަނީ ކުށްތަކުގެ އިތުރުން، އަމަލީ ދާއިރާގައި ދިމާވާ ގިނަ ކަންތައްތަކަކަށް ވަނީ ތަފްސީލީ ގޮތެއްގައި އަލިއަޅުވާލާފަ އެވެ.

އެގޮތުން، އަދާކުރަންޖެހޭ ރައްކާތެރިކަމުގެ ވާޖިބުތަކާއި، މީހުންގެ މުދަލަށާއި އިގުތިސާދަށް ދޭ ގެއްލުންތަކުގެ އިތުރުން، އާންމު އުނދަގޫ ނުވަތަ ތުރާލުގެ މައްސަލަތަކާއި، ހުއްދަ ނެތި މީހެއްގެ ތަނަކަށް ވަނުމާއި، އަބުރާ ބެހުމުގެ މައްސަލަތައް މި ފޮތުގައި ބަޔާންކޮށްފައިވެ އެވެ. 

މީހެއްގެ ޒާތީ ދިރިއުޅުމުގެ ހައްގުތަކާއި، ޓޯޓުގެ ދާއިރާއިން ދައުލަތުގެ އިދާރާތަކުން އުފުލަންޖެހޭ ޒިންމާތަކާއި، ގެއްލުމުގެ ބަދަލު ހޯދުމުގެ އުސޫލުތައް ވެސް އެ ފޮތުގައި ވަނީ ހިމަނާފަ އެވެ.

ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި، ޓޯޓަކީ މަދަނީ އިލްތިޒާމުތަކުގެ ގާނޫނުގެ ތެރޭގައި ހިމެނޭ މަދަނީ ގޯސްތަކެވެ. މިއީ ކޮންޓްރެކްޓާ ހިލާފުވުމާއި އަމާނާތްތެރިކަމުގެ ވާޖިބާ ހިލާފުވުން ފަދަ މަދަނީ ގޯސްތަކާ ތަފާތު، ނަމަވެސް ކޯޓު މެދުވެރިކޮށް އެކަމަށް ފަރުވާއެއް ނުވަތަ ބަދަލެއް ލިބޭ ކަންކަމެވެ.

މީގެ ތެރޭގައި މީސްމީހުންގެ ޖިސްމާއި ނަފުސަށް ދޭ އަނިޔާ އާއި، ފަރުވާކުޑަ ނުވަތަ ބެލުމެއް ނެތް އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމުގެ އިތުރުން، ދައުލަތުގެ މުވައްޒަފުން މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދޭ ގެއްލުންތައް ވެސް ހިމެނެ އެވެ.

މި ފޮތަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރޭގައި ހިމެނޭ ޓޯޓުގެ އެކި ބާވަތްތަކާއި އެކަންކަމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްދޭ، ގާނޫނީ ދާއިރާގެ ބޭފުޅުންނަށާއި އާންމުންނަށް ވެސް ބޭނުންތެރި މަސައްކަތެކެވެ.

މި ފޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ހިންގާފައިވާ މިފަދަ މައްސަލަތައް މިސާލުގެ ގޮތުގައި ފާހަގަ ކުރައްވާފައިވެ އެވެ. މީގެ ފޮތެއްގެ އަގަކީ 450ރ. އެވެ.

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox