މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލު ކުރަން އާ އުސޫލެއް ތައާރަފްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން ވޯޓެ ލެވޭ މީހުންގެ ދަފްތަރެއް؛ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މިހާރަކަށް އައިސް ވަނީ އިތުރުވެފަ. ފޮޓޯ: އަދަދު ފައިލް

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން ވޯޓެ ލެވޭ މީހުންގެ ދަފްތަރެއް؛ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މިހާރަކަށް އައިސް ވަނީ އިތުރުވެފަ. ފޮޓޯ: އަދަދު ފައިލް

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް އޮޅުވާލައިގެން ފޯމު ހުށަހަޅާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޕާޓީއަށް ވައްދާ މީހާއަށް އެކަން މެސެޖަކުން އަންގައި، ކަށަވަރުކުރުމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައި އެމީހާއާ ގުޅޭ މައުލޫމާތު އާންމުކުރުމަށް ނިންމައިފި އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް މި ނޫހަށް މިއަދު ވިދާޅުވީ އާންމު މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކުގައި ރެޖިސްޓްރީ ކުރުވާ މައްސަލައަށް ހައްލެއް ގެނައުމަށް އީސީން އަންނަ ހަފްތާއިން ފެށިގެން އެޕްލިކޭޝަން ފޯމުތަކުގައި އޮންނަ މީހުންގެ ނަމްބަރަށް މެސެޖު މެދުވެރިކޮށް އެކަން އަންގަން ފަށާނެ ކަމަށެވެ.

އަދި އެ މެސެޖުގައި އެމީހާ މިވެނި ސިޔާސީ ޕާޓީއަކަށް ވެއްދުމަށް އެދި ފޯމު ހުށަހަޅާފައިވާކަން އަންގައިދީ، އެކަމަށް ހުއްދަ ދިނުމަށް އެދޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ދެން ވަކި މުއްދަތަކަށް ފަހު ޖަވާބެއް ނައިސްފިނަމަ އެއީ ސައްހަ ފޯމެއްކަމަށް ބަލައިގެން ކުރިޔަށްދާނީ. އެއީ ގޯސްކޮށްދާ ކަމެއްނަމަ އެމީހާއަށް މެސެޖުން އެންގޭނެ އީސީއަށް އެއީ އޭނާ އެދިގެން ހުށަހެޅި ފޯމެއް ނޫންކަމަށް. ދެން އީސީގެ ވެބްސައިޓުގައި ވެސް މީހާގެ މައުލޫމާތާއި ވައްދަން ހުށަހެޅި ޕާޓީ އެނގޭނެހެން ފެންނަން ހުންނާނެ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީސީގެ ވެބްސައިޓުގައި ހުންނާނީ މީހާއާ ބެހޭ މައުލޫމާތުގެ ތެރެއިން މީހާގެ ނަމާއި އައިޑީ ކާޑު ނަމްބަރުގެ އެންމެ ފަހު ތިން އަކުރު ކަމަށެވެ. އަދި އެޑްރެސްފަދަ އެހެން ޒާތީ އެއްވެސް މައުލޫމާތެއް ޕްރައިވެސީގެ ބޭނުމަށް ފެންނަން ނުހުންނާނެކަމަށް ފުއާދު ވިދާޅުވި އެވެ.

ވެބްސައިޓުން މީހާގެ މައުލޫމާތު މިއަދުން ފެށިގެން ފެންނަން ހުންނާނެކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ މިއަދު އާންމުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް އެސްއެމްއެސް މެސެޖުން އަންގައިދޭން ފަށާނީ އަންނަ ހަފްތާއިން ފެށިގެން ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox