ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި، މަރުވީ ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕިކްޕޯސްޓް ކައިރީ ހުރި އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން މި ކުއްޖާ ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު ކަމަށެވެ.
"އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން މީޑިއާތަކަށް ހިއްސާ ކުރި މެސެޖްގައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.













