ރަޝިއާ ފަހަތަށް ޖައްސާލުމަށް ފަހު ޔޫކޭ މާކެޓު އެންމެ ކުރިއަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: ބައެއް މާކެޓުތަކަށް ލޮޅުން އައި ނަމަވެސް ޓޫރިޒަމް ތަފާސްހިސާބުތަކުން ސިނާއަތް ދައްކަނީ ވަރުގަދަކޮށް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: ބައެއް މާކެޓުތަކަށް ލޮޅުން އައި ނަމަވެސް ޓޫރިޒަމް ތަފާސްހިސާބުތަކުން ސިނާއަތް ދައްކަނީ ވަރުގަދަކޮށް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޔޫކޭ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ބޯޑަރު އަލުން ހުޅުވާލީއްސުރެ ރާއްޖޭގެ ޓޫރިޒަމް "ޑޮމިނޭޓު" ކުރަމުން ދިޔަ ރަޝިއާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދުތައް މަދުވީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ. އެކަމަކު ފުރަތަމަ ހީކުރި ވަރުގެ ބޮޑު ލޮޅުމެއް ރަޝިއާ މާކެޓަށް ވެސް ނާންނަކަން ފާހަގަކުރެވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ޑެއިލީ އަޕްޑޭޓު ރިޕޯޓު ދައްކާ ގޮތުގައި ޔޫކޭ ނަގާފައި ދެވަނައިގައި އަދިވެސް އޮތީ ރަޝިއާ އެވެ. ތިންވަނައިގައި އިންޑިއާ އޮތް އިރު ގަދަ ފަހެއްގައި ދެން ހިމެނެނީ ޖަރުމަނާއި އިޓަލީ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުން ފާހަގަކުރެވޭ އަނެއް ކަމަކީ އެ ލިސްޓުން ޔޫކްރެއިން މިހާރު ފެންނަން ނެތުމެވެ. ޔޫކްރެއިންގެ ބަދަލުގައި ގަދަ 10 އެއްގެ ލިސްޓުން ޖާގަ ހޯދީ ސައުދީ އަރަބިއްޔާ އެވެ.

ޓޫރިޒަމްގެ މާޗު މަހުގެ ތަފާސްހިސާބުތައް

  • ޓޫރިސްޓުން – 146،905
  • ޑެއިލީ އެވަރޭޖު – 4،739
  • 2022-2021 އަށް ކުރިއެރުން – 37.9 ޕަސެންޓު

ޖުމްލަކޮށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފެންނަނީ ވަރުގަދަކޮށެވެ. މަހުންމަހަށް ބަލާއިރު ކުޑަ ވެއްޓުމެއް އައި ނަމަވެސް ދުވާލަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އެވަރެޖާއި ޖުމްލަ އަދަދުތައް ވެސް ކުރީ އަހަރަށް ވުރެ ރަނގަޅެވެ.

އަހަރުގެ މިހާތަނަށް 437،587 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، މިއީ ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން އަމާޒުކުރަނީ މި އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ގެންނާށެވެ. އެކަމަކު މި އަދަދަށް ޓޫރިސްޓުން އަންނަން މިހާރަށް ވުރެ އެރައިވަލްސް މަތިވާން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox