އެމްޕްލޯއިމަންޓު އެޖެންސީތަކަށް ހުއްދަ ނުދޭ މުއްދަތު އަނެއްކާވެސް ދަންމާލައިފި

ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވަޒީފާތަަކަށް ބިދޭސީން ރާއްޖެ ގެންނަ އެމްޕްލޯއިމަންޓު އެޖެންސީތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައި އޮތް އޮތުން އިކޮނޮމިކް މިނިސްޓްރީން އަނެއްކާ ވެސް ދަމަހައްޓައިފި އެވެ.

އެމްޕްލޯއިމަންޓު އެޖެންސީތަކަށް ހުއްދަ ދިނުމާއި ހުއްދަ އާކޮށްދިނުން އިކޮނޮމިކް މިނިސްޓްރީން މަޑުޖައްސާލީ އެ އެޖެންސީތަކާ ގުޅޭ ގަވާއިދުތައް މުރާޖާކޮށް، އާ ގަވާއިދެއް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ނިމުނު އަހަރުގެ އޮކްޓޫބަރު 28 ގަ އެވެ.

އޭރު ހުއްދަ ދިނުން ހުއްޓާލީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު އެފަހުން އިކޮނޮމިކް މިނިސްޓްރީން އަންނަނީ މުއްދަތު އިތުރު ކުރަމުންނެވެ.

Advertisement

މިފަހަރުގެ އިއުލާނުގައި މުއްދަތު ހަމަވާ ތާރީހަކީ އަންނަ އޭޕްރިލް 15 އެވެ. މިއީ މި އަހަރުގެ ތެރޭގައި އެ މުއްދަތު ދަންމާލި ތިންވަނަ ފަހަރެވެ. މިފަހަރު ވެސް ސަބަބެއް ކަމަށް ބުނީ އާ ގަވާއިދުގެ މަސައްކަތް ނުނިމުމެވެ.

ހުއްދަ އާ ކޮށްދިނުން މެދުކަނޑާލާފައި އޮތަސް މުއްދަތު ހަމަވާ އެޖެންސީތަކުގެ ހުއްދައިގެ މުއްދަތު އޭޕްރީލް 15 އަށް އިތުރުކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ހުއްދަ ދިނުން މެދުކަނޑާލާފައި އޮންނަތާ މިއަދާ ހަމައަށް ފަސް މަސް ދުވަސްވީއިރު، މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާރު މިނިސްޓްރީގެ މަސައްކަތް ނިންމާ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި، މިފަހަރު މުއްދަތު ހަމަވާ ތާރީހުގެ ކުރިން ގެޒެޓުގައި ޝާއިކުރުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުއްމީދަކީ ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި ގަވާއިދު ގެޒެޓު ކުރުން" އޭނާ ވިދާޅުވި އެވެ.

މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށާއި ވަޒީފާގެ ބާޒާރުން ދިވެހިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox